ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށްވެހިހިޔާ ގައި ކުރައްހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ސުރުޙީގައި ދަންނަވާފައިވާ މިރަށު ރަށްވެހިޔާ ގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                  ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 07 މެއި 2018 ވާ ހޯމަ ދުވަހުގެ 13:00 ށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14  މެއި  2018 ވާ ހޯމަ ދުވަހުގެ 13:00 ށް މިއިދާރާއަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކުންފުންޏެއްގެ ގޮތުގައި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި މިނިސްޓްރީއޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފްކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް އާއި މަޢުލޫމާތު ސާފްކުރާ ފަރާތުގެ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނިން ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރު ވެވެން ނެތިގެން ބަދަލުގައި އެހެން ފަރާތެއް ހަމަޖައްސަވާނަމަ އެފަރާތެއް ހަމަޖެއްސެވިކަމުގެ ރަސްމީ ލިޔުމެއް ގަޑިޖެހުމުގެ ކުރިން މި އިދާރާއަށް ހުށައަޅަންވާނެއެވެ. އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑް ގެންނަވަންވާނެއެވެ. އެސްޓިމޭޓް ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އެސްޓިމޭޓް ހުށަހަޅާ މަސައްކަތުގެ ނަމާއި ހުށަހަޅާފަރާތުގެ ނަންއޮންނަންވާނެއެވެ.

                  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                   09 ޝަޢުބާން  1439

                   25 އެޕްރީލް   2018

25 އޭޕްރިލް 2018
ހޯދާ