ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ގައި ބޭއްވި އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިޙާނުގެ ސެޓްފިކެޓް ދޫކުރުން:

ނަންބަރު: IUL)120/1/2018/23) 

 

އިޢުލާން

2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ގައި ބޭއްވި އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިޙާނުގެ ސެޓްފިކެޓް ދޫކުރުން:

2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ބޭއްވި އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިޙާނުގެ ސެޓްފިކެޓް 2018 އެޕްރީލް 29 ވާ އާދީއްތަ ދުވަހުން ފެށިގެން 2018 މޭ 13 ވާ އާދީއްތަ ދުވަހުގެ ގެ ނިޔަލަށް މިޑިޕާޓްމަންޓުން ދޫކުރާނެއެވެ. ސެޓްފިކެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:00 ން 13:45އަށެވެ.

މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސެޓްފިކެޓް ނަގަން އަންނައިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، އެ މީހެއްގެ އައި.ޑީ.ކާޑާއި ކެންޑިޑޭޓުގެ އައި.ޑީކާޑު ގެންނަންވާނެއެވެ. ސެންޓަރުތަކުގެ ސެޓްފިކެޓްތައް ދޫކުރެވޭނީ ސެޓްފިކެޓްތަކާ ޙަވާލުވާމީހާގެ އައި.ޑީ.ކާޑާއި ސެންޓަރުގެ ލިޔުމެއް ހުށައެޅުމުންނެވެ.

9 ޝަޢުބާން 1439

25 އެޕްރީލް 2018

26 އޭޕްރިލް 2018
ހޯދާ