މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު މަގާމް (ދާއިމީ)

މަގާމް              މަސައްކަތު

މަޤާމުގެ ނަންބަރު:         J-265890

ބޭނުންވާ އަދަދު:          1 (އެކެއް)

މަޤާމުގެ ގިންތި:          ދާއިމީ

މަޤާމުގެ ރޭންކް:          އެސް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:       ސަޕޯޓްސް ސްޓާފް ގްރޭޑް 1

ސެކްޝަން:            ކޯޕަރޭޓިވް އެފެއަރޒް

މަޤާމް އޮތް އޮފީސް:        ވޭވަށު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:     ވޭވަށު ކައުންސިލްގެ އިދާރާ/ މ. ވޭވަށް

މުސާރަ:             -/3100 ރުފިޔާ (ތިންހާސް އެއްސަތޭކަ)

ސަރވިސް އެލެވަންސް:        -/1000 ރުފިޔާ (އެންހާސް)

ސަޕޯޓިންގ ކޯ އެލެވަންސް:      -/1200 ރުފިޔާ (ބާރަސަތޭކަ)

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

މަގާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ކައުންސިލް އިދާރާގެ އެންމެހާ ދޮރާއި ދޮރުފަތްތަކާއި ފަރނީޗަރތައް ފޮޅާ ސާފުކުރުމުގެ އިތުރުން ކޮންމެ އާދީއްތަ ދުވަހަކު ދޮރުފަރްތަކުގެ ބިއްލޫރިތައް ސާފުކުރުން، އަދި ކޮންމެ އަންގާރަ ދުވަހަކު ކައުންސިލްއިދާރާގެ އެންމެހާ މުވައްޒަފުންގެ މޭޒުތައްމަތި ރީތިކޮށް ފޮޅާ ސާފުކުރުން
  2. އެކިއެކި ބޭނުންތަކުގައި ކައުންސިލް އިދާރާއަށް ގެންނަންޖެހޭ މީހުން ހޯދައި ރަށުގައި އުޅޭނަމަ ކައުންސިލް އިދާރާއަށް ހާޒިރުވުމަށް އެންގުން
  3. ކައުންސިލް އިދާރާއިން އިންތިޒާމްކުރާ ޖަލްސާތަކަށް މީހުނަށް ލަސްވެގެން 04 ގަޑިއިރުކުރިން ކިޔުން
  4. ކައުންސިލްއިދާރާގެ ވަޅު ހަޑިވިޔަނުދީ ހިއްކުމާއި ފާހާނާ ރީތިކޮށް ސާފުކޮށް ބެލެހެއްޓުން
  5. ރަށަށް ވަޑައިގަންނަވާ ވަފުދުތަކަށް ބޭނުންވާ ކަންކަމުގައި ކައުންސިލް އިދާރާއަށް އެހީތެރިވެދިނުން
  6. އެކިއެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީފަދަ ތަކެތި ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެމަތީން އެފަރާތްތަކާއި ހަވާލުކުރުން
  7. ކައުންސިލް އިދާރާގެ އައިސްއަލަމާރިއަށް ބޯފެންލާ އަލަމާރި ސާފުކޮށް ބެލެހެއްޓުން
  8. ކޮންމެ ދުވަހަކު ކައުންސިލް އިދާރާގެ ގޯތިތެރެއާއި ކައުންސިލް އިދާރާގެ އެތެރެއާއި ކައުންސިލް އިދާރާ ހިމެނޭ މަގުމަތި ކުނިކަހާ ފޮޅާ ސާފުކުރުން

 9. ރަށުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި ކައުންސިލް އިދާރާއިން އަންގާގޮތެއްގެމަތީން އިސްވެ ހަރަކާތްތެރިވުން

10. ހާއްޞަ ވާޖިބުތަކުގެ އިތުރުން ދިމާވާ ކުއްލި އެމެޖެންސީތަކާއި އެންމެން ސާމިލްވާންޖެހޭ ހާއްސަކަންކަމުގައި ބައިވެރިވުން

11. ކައުންސިލް އިދާރާއިން ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބެހުމަށް އަންގާ ތަކެތި، އަންގާގޮތެއްގެމަތީން ރައްޔިތުންނަށް ބެހުން

12. ކައުންސިލް އިދާރާގެ މުވައްޒަފުން އަންގާ ގޮތެއްގެމަތީން ކައުންސިލް އިދާރާގެ ލިޔެކިޔުމުގެ ކަންތައްތައްތައް ކުރުން

މަޤާމުގެ ޝަރުޠުތައް:

            ލިޔަންކިޔަން އެނގުން.

            ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ

            އިދާރައަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

           1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

           2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

           3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތަކާއިއެކު އިންޓަވިއުގައި ހޯދާ މާކްސްގެ ޖުމްލައަށް ބަލައިގެން

 ހުށަހަޅަންޖެހޭ ލިޔުންތައް:

          1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

          2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

          3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން

           އެނގޭ ފަދަ ކޮޕީއެއް.

          4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން

            ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

          5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

          (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ

 

          (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

          (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

          6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

          7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

          8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

          (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

          (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

           ވަޒީފާއަށް އެދޭ ފޯމު ވޭވަށު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 މެއި 10 ވާ ބުރާސްފަތި ދުވަހުގެ 13:45 ގެ ކުރިން، ވޭވަށު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 6720035 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

           

           މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  13 މެއި 2018 އާއި 15 މެއި 2018   އާ ދެމެދު، ވޭވަށު ކައުންސިލް އިދާރާގަ އެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީހުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 

ޝޯޓް ލިސްޓް ކުރުން:

           މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. މީގެ އިތުރުން މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން 55 (ފަންސާސްފަހެއް) އަހަރު ފުރެފައިވާ  ފަރާތްތައް އުނިކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ:

           މިމަޤަމަށް މީހުން ހޮވުމަށް ކަނޑައޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %25 (ފަންސަވީސް އިން ސައްތަ) އަށް ވުރެ މަތިވާންޖެހޭނެއެވެ.

 

އިތުރު މަޢުލޫމާތު:

          މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720035 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6720035 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

          10 ޝައުބާން 1439

          26 އެޕްރީލް 2018

26 އޭޕްރިލް 2018
ހޯދާ