މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ފިކްސްޑް އެސެޓްތަކުގެ ވެލިއުއޭޝަން ހައްދަވައި ދެއްވާނެ ފަރާތެއް ހޯދުން

 

 

 

ފިކްސްޑް އެސެޓްތަކުގެ ވެލިއުއޭޝަން ހައްދަވައި ދެއްވާނެ ފަރާތެއް ހޯދުން

 

       މިކުންފުނީގެ ހަރުމުދަލުގެ ވެލިއުއޭޝަން ހައްދަވައިދެއްވާނެ ފަރާތެއް ބޭނުންވެއެވެ.  އަދި މިކަމަށް އެދި ކުރިމަތިލައްވާ ފަރާތްތަކުން ވެލިއުއޭޝަންގެ ރޮނގުން  ބައިނަލް އަޤްވާމީ ގޮތުން ބަލައިގެންފައިވާ ސެޓްފިކެޓެއް ނުވަތަ އެފެންވަރުގެ ސެޓްފިކެޓެއް ނުވަތަ ސަނަދެއް އޮންނަންވާނެއެވެ. މީގެ އިތުރުން މަސައްކަތާއި ގުޅޭ ދާއިރާއިން ތަޖްރިބާ ހުރުން ކޮންމެހެން ބޭނުންވެއެވެ.

 

  ވީމާ މިދެންނެވި ޝަރުތުތައް ހަމަވާ ފަރާތްތަކުގެ މި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 03 މެއި 2018ވާ ބުރާސްފަތި ދުވަހުގެ 14:00އަށް ޕޯސްޓް ބިލްޑިންގ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 09 މެއި 2018 ބުދަ ދުވަހުގެ 14:00އަށް ޕޯސްޓް ބިލްޑިންގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޟިރުވެ ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

25 އޭޕްރިލް 2018
ހޯދާ