މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
1439 ވަނަ އަހަރު ރަމަޟާން މަހު ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ފަރާތްތަކައް ދޭންޖެހޭ ޕޯލިއޯ ވެކްސިން ދިނުމާއި ގުޅޭ

ޢިއުލާން

ރާއްޖެއިން ބޭރަށް އެކި ބޭނުންތަކުގައި ފުރާވަޑައިގަންނަވާ ބޭފުޅުން ޖަހަންޖެހޭ ވެކްސިންތަކުގެ ތެރޭގައި ހިމެނޭޕޯލިއޯ ވެކްސިންއަކީ އަނގައަށް ދޭންޖެހޭ ވެކްސިންއެއްކަމަށްވެފައި، މިއީ ރޯދަ މަހު ދުވާލުގަޑީގައި ދެވޭ ވެކްސިންއަކަށް ނުވާތީވެ، ޙައްޖު/ޢުމްރާ އަދި އެހެނިހެން ބޭނުންތަކުގައި ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން މި ވެކްސިން ނަންގަވަން ޖެހޭ ބޭފުޅުންނަށް މިވެކްސިން ދިނުމަށް ރޯދަ މަހު ކޮންމެ ހަފްތާއެއްގެ ހޯމައަދި ބުރާސްފަތިދުވަހުގެ ރޭގަނޑު 9:00 އިން 10:00އަށް ޓްރެވަލް ވެކްސިންޖަހައިދިނުމުގެ އިންތިޒާމު ދަމަނަ ވެށީގައި ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

9 ޝަޢުބާން 1439

 

25 އޭޕްރިލް 2018
ހޯދާ