މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޕަބްލިކް ސެކްޓަރ ހިއުމަން ރިސޯސް މެނޭޖްމަންޓް އެކްސްޕާރޓް

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

                  ޕަބްލިކް ސެކްޓަރ ހިއުމަން ރިސޯސް މެނޭޖްމަންޓް އެކްސްޕާރޓް

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ކުރިއަށް ގެންދާ ދައުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ މަޝްރޫޢުއަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން ވަނީ ހިލޭ އެހީއެއް ލިބިފައެވެ. އަދި މިމަޝްރޫގެ ދަށުން ޕަބްލިކް ސެކްޓަރ ހިއުމަން ރިސޯސް މެނޭޖްމަންޓް އެކްސްޕާރޓެއްގެމަސައްކަތްކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ޕަބްލިކް ސެކްޓަރ ހިއުމަން ރިސޯސް މެނޭޖްމަންޓް އެކްސްޕާރޓެއްގެމަސްއޫލިއްޔަތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ނެޝަނަލް ޕޭ ކޮމިޝަނަށް ބޭނުންވާ މަޢުލުމާތުތައް އެއްކޮށް، ދިގުމުއްދަތުގެ ޕްލޭނެއް ހެދުމުގައި ކޮންސަލްޓެންސީ ދިނުން ހިމެނެވެ.

ޕަބްލިކް ސެކްޓަރ ހިއުމަން ރިސޯސް މެނޭޖްމަންޓް އެކްސްޕާރޓެއްގެމަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

  • މަސައްކަތާ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީއެއް ހާސިލް ކޮށްފައިވުން
  • ވޭޖް ކޮމިޝަނެއްގައި ނުވަތަ ގުޅޭ އިންސްޓިޓިއުޝަނެއްގައި މަދުވެގެން 10 އަހަރުދުވަހުގެ ޕްރޮފެޝަނަލް އެކްސްޕީރިއަންސް ހާސިލްކޮށްފައިވުން
  • ކޮމްޕަންސޭޓެޑް މެނޭޖްމަންޓް ދައިރާއިން ތަޖުރިބާ ހާސިލްކޮށްފައިވުން
  • ޕަބްލިކް ސެކްޓަރ ރިފޯމް (ސެލަރީ އަދި ވޭޖް ބެންޗްމާކިންގ) ގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން
  • ޕަބްލިކް ސެކްޓަރ މެނޭޖްމަންޓް އެޗް.އާރު ސޮފްޓްވެއަރ ބޭނުންކުރުމުގައި އަހުލުވެރިވެފައިވާ ފަރާތަތަކަށް އިސްކަން ދެވޭނެވެ.  

މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  ގައި ޝާޢިއު ކުރެވިފައިވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖަނަވަރީ 2011ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިސްލާހުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 9 މޭ 2018 ވާ ބުދަ ދުވަހު 13:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އަބްދުﷲ ޙަސަން

ޕްރޮޖެކްޓް ޑިރެކްޓަރ

ޕަބްލިކް ފައިނޭންސް މެނޭޖްމެންޓް ސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން:3349106 ،3349102

ފެކްސް:3320706 ،3324432

އީމެއިލް އެޑްރެސް [email protected]

       [email protected]

       [email protected]

25 އޭޕްރިލް 2018
ހޯދާ