ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ކުޑަކުދިންގެ ޕާރކްގައި ބެހެއްޓުމަށް ސީސޯއެއް ގެނެސްދޭނެ ފަރާތެއް ހޯދުން - ހއ.ފިއްލަދޫ

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ

ފިއްލަދޫ

ދިވެހިރާއްޖެ

                                                                                                                                                                                                                                                                                                                                                                                                              ނަމްބަރ: (IUL)252/252/2018/19

އިޢުލާނު

 މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ކުޑަކުދިންގެ ޕާރކްގައި ބެހެއްޓުމަށް ސީސޯއެއް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

 މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ދިނުން  08 މޭ 2018 ވާ އަންގާރަ ދުވަހުގެ 11:30 ގައި މިއިދާރާގައި އޮންނާނެވެ. އަދި މިމަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ޤާނޫން ނަމްބަރު: 18/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަންބަރު 19/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.  މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ ގެންނަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއިއެކު ފޮނުއްވަންވާނެއެވެ. އަދި ބަދަލުގައި ފޮނުއްވާ މީހާގެ އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށްއެދި ހުށަހަޅާ އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 13 މޭ 2018 ވާ އާދިއްތަ ދުވަހުގެ 11:30ގައި މިއިދާރާގައެވެ.  

     މިހެންވެ މިކަން އާއްމުކޮށް އިޢުލާނުކުރީމެވެ.     

     09 ރަޖަބު 1439

     25 އެޕްރީލް 2018

                                                                                              

 

 

 

25 އޭޕްރިލް 2018
ހޯދާ