ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުކައުންސިލް އިދާރާގެ އުޅަނދުތަކަށް ބޭނުންވާ ޕެޓްރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރ: (IUL)241-B/241/2018/6

 

             އިއުލާން

 

މިއިދާރާގެ އުޅަނދު ތަކަށް ބޭނުންވާ ޕެޓްރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

                    

                     މިއިދާރާގެ އުޅަނދުތަކަށް ބޭނުންވާ ޕެޓްރޯލް ވިއްކުމަށް އެދޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ކުރެވުނު ނަންބަރ: ( 11-04-2018 ) (IUL) 241-B/2018/01 އިއުލާނާއި ގުޅިގެން އެކަށީގެންވާ 3 ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިނުވާތީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. ވީމާ ، ޕެޓްރޯލް ސަޕްލައި ކޮށްދޭން އެދޭ ފަރާތްތަކުން 26 އެޕްރީލް 2018 ވާ ބްރާސްފަތި ދުވަހުގެ 13.30 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފްކުރުމަށްފަހު 29 އެޕްރީލް 2018 ވާ އާދީއްތަ ދުވަހުގެ 13.30 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހަޅާ ޕްރޮޕޯސަލްގައި ތިރީގައި މިދަންނަވާ ކަންތައްތައް ފުރިހަމަވެފައި ހުންނަން ވާނެއެވެ.

1-      ޕެޓްރޯލް ލިޓަރެއް ވިއްކާނެ އަގު

2-      ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެން ޚިދްމަތް ދިނުމުގައި އަމަލުކުރާނެގޮތް

3-      ފައިސާ ދެއްކުމަށް އެދޭގޮތް: ( ފައިސާ ދެއްކުމުގައި ދެވިދާނެ ލުއިފަސޭހަތައް )

4-      މެދުނުކެނޑި ސަޕްލައި ލިބެންހުންނާނެ ކަމުގެ ގެރެންޓީ ( ހުށަހަޅާ ފަރާތުން ޚިދްމަތް ދިނުމުގައި ސްޓޮކް ހުސްވެއްޖެނަމަ ސަޕްލައި ކޮށްދިނުމަށް ހަމަޖައްސާގޮތް )

5-      ތެޔޮ ވިއްކާ ފަރާތުގެ ރަޖިސްޓްރީ އާއި ލިބިފައިވާ ހުއްދަތަކުގެ ކޮޕީ

6-      ތެޔޮ އަޅައިދިނުމުގައި ދޭނެލުއިފަސޭހަތައް ( އުޅަނދު އޮންނަ ބަދަނރަކަށް ވެހިކަލެއްގައި ތެޔޮ ގެންގޮސް ދިނުން ފަދަ )

7-      ޓެކްސް ކްލިއަރެންސް ރިޕޯޓް

             

                      މިއިދާރާއިން ހަމަޖައްސާފައިވަނީ މި އިއުލާނާއި ގުޅިގެން ހޮވޭ ފަރާތްތަކާއިއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ސޮއި ކުރެވޭ ފަރާތާއިއެކު 1 އަހަރު ދުވަހުގެ މުއްދަތަށް މިއިދާރާއަށް ބޭނުންވާ ޕެޓްރޯލް ގަތުމަށެވެ.

 

މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

07 ޝަޢުބާން      1439

23   އެޕްރީލް     2018

23 އޭޕްރިލް 2018
ހޯދާ