ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ ދިއްދޫ ކައުންސިލްގެ އިދާރާއަށް ވަގުތީ މަސައްކަތު މީހަކު ހޯދުން

ހއ ދިއްދޫ ކައުންސިލް އިދާރާއަށް ތިރީގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާ އެއްގޮތަށް ވަގުތީ މަސައްކަތު މީހަކު ހޯދުމަށް ބޭނުންވެއެވެ. 

 މަޤާމް:

 މަސައްކަތު

 ބޭނުންވާ ޢަދަދު:

 1 (އެކެއް)

 ރޭންކް:

 އެސްއެސް 1

 ކްލެސިފިކޭޝަން:

 ސަޕޯޓް ސްޓާފް ގްރޭޑް 1

 އޮފީސް:

 ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ

 ޔުނިޓް:

 ކޯޕަރޭޓް އެފެއަރޒް ޔުނިޓް

 މުއްދަތު:

 ދާއިމީ މުވައްޒަފަކު މަޤާމަށް ހަމަޖެހެން ދެން.

:މުސާރައާއި އެލަވަންސްތައް 

 އަސާސީ މުސާރަ:         

 މަހަކު -/3,100 ރުފިޔާ

 ސަރވިސް އެލަވަންސް:     

 މަހަކު -/1,000 ރުފިޔާ

 ސަޕޯޓިންގ ކޯ އެލަވަންސް: 

 މަހަކު -/1,000 ރުފިޔާ

:މަޤާމުގެ ޝަރުތުތައް 

  1. ލިޔަންކަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ލިބިފައިވުން (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭ ކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ).
  2. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ވަރުގެ ޖިސްމާނީ ޤާބިލްކަން ހުރުން.

 މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް:

  1. ރަސްމީ ކޮންމެ ދުވަހަކު ކައުންސިލް އިދާރާގެ ގޯތިތެރެއާއި ގޯއްޗާއި އިންވެފައިވާ މަގުތައް ކުނިކަހާ ވިނަނޮޅާ ސާފުކުރުން.
  2. ރަސްމީ ކޮންމެ ދުވަހަކު ކައުންސިލް އިދާރާ ކުނިކަހާ ފޮޅާ ސާފުކުރުން.
  3. ކައުންސިލް އިދާރާގެ ގޯތިތެރޭގައި ހައްދާފައިވާ ގަސްތައް ކޮށާ ސާފުކޮށް ބެލެހެއްޓުން.
  4. ކައުންސިލް އިދާރާގެ ޢިމާރާތްތަކުގެ ދޮރުތަކާއި، ދޮރުތަކުގެ ބިއްލޫރިއާއި، ކަތިފިލާތައް މަދުވެގެން މަހަކު އެއްފަހަރު ފެންފޮތިލާ ސާފުކުރުން.
  5. ކައުންސިލް އިދާރާގެ އެތެރޭގައި މަދުވެގެން ހަފްތާއަކު 2 ދުވަހަކު މޮޕް އަޅައި ސާފުކުރުން.
  6. ކައުންސިލް އިދާރާގެ ޢިމާރާތްތަކުގެ ފަންކާތައް މަދުވެގެން މަހަކު އެއްފަހަރު ފޮޅާ ސާފުކުރުން.
  7. މަދުވެގެން ހަފުތާއަކު 2 ފަހަރު ކައުންސިލް އިދާރާގެ ފާޚާނާތަކަށް ސާފުކުރުމަށް ބޭނުންކުރާ ކެމިކަލް އަޅައިގެން ސާފުކުރުން.
  8. ބަންދު ދުވަސްތަކުގެ ޢަދަދު ވިދިވިދިގެން 2 ދުވަހަށްވުރެ ގިނަވެއްޖެނަމަ މާބޮޑަށް ހަޑި ނުވަނީސް ކައުންސިލް އިދާރާގެ ގޯތިތެރެއާއި މަގު ކުނިކަހާ ސާފުކުރުން.
  9. ކައުންސިލް އިދާރާއަށް ޙާޟިރުކުރަންޖެހޭ މީހުންނަށް ޗިޓް ޙަވާލުކުރުމާއި  މީހުން ޙާޟިރުކުރުވުން.
  10. އެކިފަރާތްތަކަށް ސިޓީ/މެސެޖް ފަދަ ތަކެތި ޙަވާލުކުރުން.
  11. ނޯޓިސްބޯޑްގައި ލިޔުންތައް ހަރުކުރުމާއި މުއްދަތު ހަވަވާތަކެތި ނަގައި ނޯޓިސްބޯޑް އަޕްޑޭޓްކޮށް ސާފުކޮށް ބެލެހެއްޓުން.
  12. އޮފީހުގައި ބޭނުންކުރާ ތަށި، ޖޯޑް ފަދަ ތަކެތި ކޮންމެ ރަސްމީ ދުވަހަކު ދޮވެ ސާފުކޮށް ބެލެހެއްޓުން.
  13. ސިވިލް ސަރވިސް މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓަށް އިޙުތިރާމް ކުރުމާއެކު އެއާއި އެއްގޮތަށް ޢަމަލުކުރުން.
  14. ރަސްމީ މަސައްކަތާއި ގުޅިގެން އަންގާ އެންމެހާ ކަންކަން ކުރުން.

މަތީގައިވާ މަޤާމްތަކަށް މީހުން ހޮވުމުގައި ބަލާނެ ކަންކަމާއި، ވަޒީފާއަށް އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއި، މި އިޢުލާނުގެ ސުންގަޑިއާއި، އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

 ބަލާނޭ ކަންކަން:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ހުނަރާއި ޤާބިލްކަން އަދި އެފަދަ މަސައްކަތެއް ކުރެވޭ ފަދަ ޞިއްޙަތެއް ހުރުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭ މީހަކަށްވުން.
  • މަސައްކަތަށް ޝަޢުޤުވެރިކަން ހުރި މިންވަރު.
  • ޢުމުރުން 55 އަހަރު ނުވާ މީހަކަށްވުން.
  • މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 އިންޓަވިއު ކުރުން:

  • މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އަދި އިންޓަވިއުއަށް ދަޢުވަތު އެރުވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގެންނަވާއިރު ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

 ޝޯޓްލިސްޓްކުރުން:

  • ވަޒީފާއަށް އެދި ހުށަހަޅާފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖްރިބާއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

:ހުށަހަޅަންޖެހޭ ލިޔުންތައް 

  • ފުރިހަމަކޮށްފައިވާ "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (B-1)" – މި ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ފޭސްބުކް ޕޭޖުން ޑައުންލޯޑްކުރެވޭނެއެވެ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއް ނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުންތަކުގައި ހުންނަންވާނީ ސަރުކާރުގެ އިދާރާއަކުން އަޞްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައެވެ).
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

:ސުންގަޑި 

  • މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއެކު 30 އެޕްރީލް 2018 ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

:އިތުރު މަޢުލޫމާތު 

  • ވަޒީފާއަށް އެދޭ ފޯމު، މި އިޢުލާންގެ މުއްދަތު ހަމަވަންދެން ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ފޭސްބުކް ޕޭޖުން ވެސް އެ ފޯމް ޑައުންލޯޑްކުރެވޭނެއެވެ.
  • އިތުރު މަޢުލޫމާތު މި މިކައުންސިލް އިދާރާގެ ފޯނު ނަންބަރު: 6500019 އިން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

24 އޭޕްރިލް 2018
ހޯދާ