މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޕްރޮޑިއުސަރގެ މަޤާމަށް މީހަކު ހޯދުމަށް

އިޢުލާން

މަގާމް

ޕްރޮޑިއުސަރ

މަޤާމުގެ ބާވަތް

ކޮންޓްރެކްޓް

މުއްދަތު: 01 އަހަރު

ބޭނުންވާ އަދަދު

01 (އެކެއް)

މުސާރަ މަހަކު

-/9,000 ރުފިޔާ

އިތުރު އިނާޔަތް: ނިކުންނަ ކޮންމެ ދުވަހަކު -/50 ރުފިޔާ

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް ގެ  "އިސްލާމިކް ސްޓޫޑީއޯ"

މަގާމުގެ ޝަރުތު

ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.

މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު

 

  1. ސްޓޫޑިއޯއިން އުފައްދާ ޕްރޮގްރާމްތަކުގެ ކޮންސެޕްޓްތައް އެކުލަވާލުން
  2. ޕްރޮގްރާމްތައް ލިޔެ ތައްޔާރުކުރުން
  3.  ސްޓޫޑިއޯގެ ޝޫޓިންގްތައް އެރޭންޖް ކުރުން
  4.  ކޮންޓެންޓްތައް އިސްލާމިކް ސްޓޫޑިއޯގެ އެޑިޓަރ އަށް ހުށައަޅައި އެޕްރޫވް ކުރުން
  5. ޝޫޓިންގ ތަކާއި، ލޮކޭޝަންތައް ހޯދުމަށް އިދާރީގޮތުން ކުރަންޖެހޭ ކަންކަން ސްޓޫޑިއޯގެ އެޑިޓަރ މެދުވެރިކޮށް ކުރުން
  6.  ސްޓޫޑިއޯއިން އުފައްދާ ވީޑިއޯތަކުގެ އާކައިވް ބަލަހައްޓައި، ވީޑިއޯތައް ތަރުތީބުކުރުން
  7. އިސްލާމިކް ސްޓޫޑިއޯއިން އުފައްދާ ކޮންޓެންޓްތައް އުފެއްދުމުގައި ބޭނުންވާ ދީނީ ލަފާ މިނިސްޓްރީގެ އިސްލާމިކް އެފެއާޒް ޑިވިޜަން އާއި ގުޅިގެން ހޯދުން.
  8.  ޝޫޓްކުރެވޭ ވީޑިއޯތައް އެޑިޓްކުރުމަށް ހަވާލުކޮށް އެޑިޓްކުރުމުގެ ކަންކަން ބެލެހެއްޓުން
  9. ވީޑިއޯތަކަށް ބޭނުންވާ ގްރެފިކްސް ތައްޔާރުކުރުމަށް ހަވާލުކޮށް ގްރެފިކްސް ހެދުމުގެ ކަންކަން ބެލެހެއްޓުން
  10. ޝޫޓިންތަކަށް ބޭނުންވާ ތަކެތި މުވައްޒަފުންނަށް އަންގައިގެން ހަމަކުރުން
  11. ޕްރޮގްރާމްގެ އޯޑިއޯ ރިކޯޑިންގ ތައް ހެދުމުގެ ކަންކަން ހަމަޖެއްދުން
  12. އޯޑިއޯއާއި، ވީޑިއޯތައް ކޮންޕައިލްކޮށް ޕްރޮގްރާމް އުފެއްދުން

13.  ޕްރޮގްރާމްތަކަށް ބޭނުންވާ ޕްރެޒެންޓަރުންނާއި، މެހެމާނުން މިނިސްޓްރީގެ ކަމާބެހޭ ސެކްޝަންތަކާއި ގުޅިގެން ހަމަޖެއްސުން

ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށްއެދޭ ފޯމް / މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  3. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި މަގާމަށް މީހުން ހޮވުމާއިބެހޭ އިތުރު މަޢުލޫމާތު: މި މަޤާމަށް މީހުން ހަމަޖެއްސުމުގައި މަސައްކަތުގެ ދާއިރާއިން ޙާސިލްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބެލެވޭނެއެވެ.

ސުންގަޑި

  • 2018 މޭ 03 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއަށް  ( އިސްލާމީ މަރުކަޒު )

ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020232.3020287 އަށެވެ.
  • އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

 

08 ޝަޢުބާން 1439

24 އޭޕްރިލް 2018
ހޯދާ