މަޤާމް:
|
ސީނިއަރ ސުޕަވައިޒަރ
|
މަޤާމުގެ ނަންބަރު:
|
J-257484
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
ޖީ.އެސް 4
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 2
|
ސެކްޝަން/ޔުނިޓް:
|
މޮސްކް މެނޭޖްމަންޓް ސެކްޝަން
|
މަޤާމް އޮތް އޮފީސް:
|
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / ކ.މާލެ
|
މުސާރަ:
|
މަހަކު 5020.00 ރުފިޔާ،
|
ސަރވިސް އެލެވަންސް:
|
މަހަކު 1500.00 ރުފިޔާ
|
ސަޕޯޓިންގ ކޯ އެލަވަންސް 2:
|
މަހަކު 700.00 ރުފިޔާ
|
އިތުރު ޢިނާޔަތްތައް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ދާއިމީ އިމާމުން ޗުއްޓީ އާއި ސަލާމް ބުނުމުން ވަގުތީގޮތުން ނަމާދު ކުރާނެ މީހުންގެ ޕޫލެއް ބެލެހެއްޓުމާއި އަދި ޕޫލުގައި ހިމެނޭ ފަރާތްތަކާއެކު ހަދަންޖެހޭ އެގްރީމަންޓް ހެދުމުގެ މަސައްކަތް ކުރުން
- މާލޭސިޓީގެ މާލެ ހުޅުމާލެ އަދި ވިލިމާލެ މި 3 އަވަށުގެ މިސްކިތްތަކުގެ ތެރެއިން ކަނޑައެޅޭ މިސްކިތްތަކަށް ޙާޟިރުނުވާ އިމާމުންގެ ޙާޟިރީ ރިޕޯޓް ދުވަހުން ދުވަހަށް ހިއުމަން ރިސޯސް ޔުނިޓަށް ހުށަހެޅުން
- މާލޭސިޓީ އަދި ރަށްރަށުގައި ޢީދު ނަމާދު، ބޮޑު ޖަމާޢަތުގައި ކުރުމުގެ އިންތިޒާމް ކުރުމުގެ މަސައްކަތް ކުރުން
- މާލޭސިޓީގެ މާލެ ހުޅުމާލެ އަދި ވިލިމާލެ މި 3 އަވަށުގެ މިސްކިތްތަކުގެ ތެރެއިން ކަނޑައެޅޭ މިސްކިތްތައް ފޮޅާ ސާފު ކުރުމުގެ މަސައްކަތް، މިސްކިތްތަކަށް ގޮސް ސުޕަވައިޒްކުރުމާއި އަދި މިސްކިތްތަކުގައި ބަހައްޓާފައި ހުންނަ ތަކެތި އަދި ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ނުވާނެ ގޮތަށް މަސައްކަތް ކުރުމަށް އިރުޝާދު ދިނުމާއި ޗެކްކުރުން
- މާލޭސިޓީގެ މާލެ ހުޅުމާލެ އަދި ވިލިމާލެ މި 3 އަވަށުގެ މިސްކިތްތަކުގެ ތެރެއިން ކަނޑައެޅޭ މިސްކިތްތަކަށް ގޮސް މިސްކިތްތަކުގެ ސައުންޑްއަށާއި ތަކެއްޗާއި އަދި މިސްކިތްތަކަށް ލިބޭ ގެއްލުން ބެލުމާއި އަދި ކުލަ ބަދަލު ކުރަންޖެހޭ މިސްކިތްތައް ލިސްޓްކޮށް ކަނޑަ އެޅޭ މުވައްޒަފަކަށް ހުށަހަޅައި ފޮލޯއަޕް ހެދުން
- މާލޭސިޓީގެ މާލެ ހުޅުމާލެ އަދި ވިލިމާލެ މި 3 އަވަށުގެ މިސްކިތްތަކުގެ ތެރެއިން ކަނޑައެޅޭ މިސްކިތްތަކުގައި ދުވާލު ނުވަތަ ރޭގަނޑުގެ ކޮންމެ ވަގުތެއްގައި މޫސުން ގޯސް ވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެގެން މިސްކިތްތަކަށް ގެއްލުމެއް ލިބުން ނުވަތަ އެ ނޫނަސް ހާދިސާ އެއް ހިގައިފި ނަމަ އެ މިސްކިތަކަށް ޙާޟިރުވެ އެވަގުތަކަށް ގެނެވެން ހުރި ހައްލެއް ގެނައުމާއި އަދި އެކަމެއް ޑޮކިއުމަންޓްކޮށް އެކަމުގެ މަޢުލޫމާތު ވެރިންނަށް ހުށަހެޅުން
- މާލޭސިޓީގެ މިސްކިތްތަކުގެ ޞައްޙަ ދަފްތަރެއް (ނަމާދުކުރާ ބަޔާއި ގޯތީގެ ބޮޑުމިން އެގޭގޮތަށް) ބެލެހެއްޓުން
- މާލެ ހުޅުމާލެ އަދި ވިލިމާލެ މި 3 އަވަށުގެ މިސްކިތްތަކުގެ ތެރެއިން ކަނޑައެޅޭ މިސްކިތްތަކާއި މިސްކިތްތަކުގެ ގޯތިތެރޭގައި ޤަވާޢިދާ ޚިލާފަށް ނުވަތަ މި މިނިސްޓްރީން ކަނޑައަޅާ އުޞޫލްތަކާ ޚިލާފަށް ބަހައްޓާ ތަކެތި ނެގުމާއި އަދި މިސްކިތްތަކުގެ ތެރޭގައި ޤަވާޢިދުތަކާއި އުޞޫލްތަކާ ޚިލާފަށް މީހަކު ނުވަތަ ބަޔަކު ހިންގާ ޢަމަލުތައް ހުއްޓުމަށް މަސައްކަތްކުރުން
- އިމާމުންނާއި ޚަޠީބުންނާގުޅޭގޮތުން ހަށަހަޅާ ޝަކުވާތައް ބަލައިގަނެ ވެރިންނަށް ހުށަހެޅުން
- މާލޭސިޓީގެ މާލެ ހުޅުމާލެ އަދި ވިލިމާލެ މި 3 އަވަށުގެ މިސްކިތްތަކުގެ ތެރެއިން ކަނޑައެޅޭ މިސްކިތްތަކުގައި ފަރުޟު 5 ނަމާދާއި ހުކުރު ނަމާދާއި ޢީދު ނަމާދާއި ކޭތަ ނަމާދާއި ތަރާވީޙު ނަމާދު އަދި މި ނޫނަސް މި މިނިސްޓްރީގެ ފަރާތުން އިންތިޒާމް ކުރާ އެންމެހާ ނަމާދުތައް ކުރުމުގައި މިނިސްޓްރީން ކަނޑައަޅާފައި އޮންނަ ޤަވާޢިދުތަކާއި އުޞޫލްތަކާ އެއްގޮތަށް، އިމާމުންނާއި ޚަޠީބުން އަމަލު ކުރޭތޯ ބެލުމަށްޓަކައި މިސްކިތްތަކަށް ގޮސް ސްޕަވައިޒްކުރުން އަދި ސުޕަވައިޒް ކުރުމުގައި ފާހަގަ ކުރެވޭ މައްސަލަތައް ޑޮކިއުމަންޓްކޮށް އޮފީހަށް ހުށަހެޅުން
- މާލޭސިޓީގެ މިސްކިތްތަކުގައި ހުކުރު ނަމާދު، ޢީދު 02 ނަމާދު، ކޭތަ ނަމާދު، އެދުވަހަކު ނަމާދު ކުރުމަށް ހަމަޖައްސާ ޚަޠީބުންގެ ލިސްޓް، ބަދަލުގައި ހަމަޖައްސާނެ މީހުންގެ ތާވާލް އަދި ޚުޠުބާތައް އިމާމުންނަށާއި ޚަޠީބުންނަށް ޙަވާލުން
- އޮފީހުގެ ރަސްމީ މަސައްކަތާގުޅޭގޮތުން ހަވާލު ކުރެވޭ މަސައްކަތްތައް ކުރުން
|
މަޤާމުގެ ޝަރުޠުތައް:
|
- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި (އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާގައި) މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ނުވަތަ
- މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން
- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން (ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ރޮނގުން)، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީން (ލިބިފައިވާ އިތުރު ތަޢުލީމާއި ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީން) %38
- އިމްތިހާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން) %5
- ވަޒީފާއާ ގުޅޭ މަސައްކަތުގެ ތަޖުރިބާ
- އެހެނިހެން މަސައްކަތުގެ ތަޖުރިބާ %4
- ލިބިފައިވާ މަސައްކަތުގެ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް) %43
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އިސްލާމިކްއެފެއާޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.islamicaffairs.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 މޭ 06 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކްއެފެއާޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
އިންޓަވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އޮންނާނީ، 2018 މޭ 07 އާއި 2018 މޭ 17 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއާއި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ
|
30% (ތިރީސް ޕަސެންޓް )
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200,3020287 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|