މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1439 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާން ޙާފިޡުން ހޯދުމަށް ކުރި އިޢުލާނުގެ މުއްދަތު އިތުރު ކުރުން

އިޢުލާން

1439 ވަނަ އަހަރުގެ ރަމަޟާންމަހު މާލެއާއި ރަށްރަށުގެ މިސްކިތްތަކުގައި

ޙިފުޡުކޮށް އިމާމުވެތަރާވީޙް ނަމާދުކުރާނެ ޙާފިޡުން ހޯދުމުގެ މުއްދަތު އިތުކުރުމާބެހޭ

1439 ވަނަ އަހަރުގެ ރަމަޟާންމަހު ސިޓީތަކާއި، ރަށްރަށުގެ މިސްކިތްތަކުގައި ޙިފުޡުކޮށް އިމާމްވެ ތަރާވީޙް ނަމާދު ކުރާނެ ދިވެހި ޙާފިޡުންނާއި ރާއްޖެއިން ބޭރުގެ ޙާފިޡުން ހޯދުމާބެހޭގޮތުން މި މިނިސްޓްރީގެ ނަންބަރު (IUL)142-B1/1/2018/90 (10 އެޕްރީލް 2018) އިޢުލާނުގެ މުއްދަތު 03 މެއި 2018 ވަނަ ދުވަހުގެ 14.00 އަށް އިތުރު ކުރެވިފައިވާ ކަމުގައި ދެންނެވީމެވެ.

މިކަމަށް އެދޭ ފަރާތްތަކުން ކަނޑައެޅިފައިވާ ފޯމު ފުރިހަމަކޮށް 2018 މެއި 03 ވަނަ ދުވަހުގެ 14.00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ރަށު ކައުންސިލެއްގެ މިސްކިތެއްގައި ތަރާވީޙު ނަމާދު ކުރައްވާނަމަ  ރަށު ކައުންސިލުގެ އިދާރާއަށް ނުވަތަ މާލެ ސިޓީ ފިޔަވާ އެހެން ސިޓީއެއްގެ މިސްކިތެއްގައި ތަރާވީޙު ނަމާދު ކުރައްވާނަމަ އެރަށެއްގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ޔުނިޓަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާނެ ޙާފިޡުން ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެން ހުންނާނެއެވެ.  

   08 ޝަޢުބާން 1439 

24 އޭޕްރިލް 2018
ހޯދާ