ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެގްޒާމް އިންވިޖިލޭޓަރ / އައުޓްރީޗް ސެންޓަރ

މަޤާމް :އެގްޒާމް އިންވިޖިލޭޓަރ
ބޭނުންވާ އަދަދު :36

އެގްޒާމް އިންވިޖިލޭޓަރ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މިއަހަރުގެ ފުރަތަމަ ޓަރމްގެ ފައިނަލް އިމްތިޙާނު ބޭއްވުމަށް އައުޓްރީޗް ސެންޓަރުތަކަށް އިންވިޖިލޭޓަރުން ބޭނުންވެއެވެ.

އިމްތިޙާނަށް ބޭނުންވާ އިންވިޖިލޭޓަރުންގެ އަދަދު އެގޭނީ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ އަދަދާއި އިމްތިޙާނު ހޯލްތަކުގެ އަދަދަށް ބަލާފައިކަމުން، މިއަދަދުތަކަކީ ދުރާލާ އެގޭ އެއްޗަކަށްނުވާތީ، ރަޖިސްޓްރީ ވެފައިވާ ދަރިވަރުންގެ އަދަދަށް ބަލައި، މިއަހަރުގެ ފުރަތަމަ ޓާރމްގެ އިމްތިޙާނަށް ކޮންމެ އައުޓްރީޗް ސެންޓަރަކަށް  ހޮވުމަށް ހަމަޖެހިފައިވަނީ ގިނަވެގެން 3 އިންވިޖިލޭޓަރުންނެވެ.

މަޤާމު:

އެގްޒާމް އިންވިޖިލޭޓަރ

ބޭނުންވާ އަދަދު:

36

 

 

 

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިރީގައިވާ މަރުކަޒުތަކަށް:

1- ޅ. ނައިފަރު އައުޓްރީޗް ސެންޓަރު

2- ފ. ނިލަންދޫ އައުޓްރީޗް ސެންޓަރު

3- ރ. ދުވާފަރު އައުޓްރީޗް ސެންޓަރު

4- ރ. އުނގޫފާރު އައުޓްރީޗް ސެންޓަރު

5- ގއ. ވިލިނގިލި އައުޓްރީޗް ސެންޓަރު

6- ށ. މިލަންދޫ އައުޓްރީޗް ސެންޓަރު

7- ޏ.ފުވައްމުލައް އައުޓްރީޗް ސެންޓަރު

8- ރ. މީދޫ އައުޓްރީޗް ސެންޓަރު

9- ބ. އޭދަފުށި އައުޓްރީޗް ސެންޓަރު

10- ނ. ކެނދިކުޅުދޫ އައުޓްރީޗް ސެންޓަރު

11- ހއ. ދިއްދޫ އައުޓްރީޗް ސެންޓަރު

12- ދ. ކުޑަހުވަދޫ އައުޓްރީޗް ސެންޓަރު

އުޖޫރަ ދެވޭނެގޮތް:

މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ )

މަޤާމުގެ ޝަރުތު:

 

  • ދިވެހި ރައްޔިތަކަށްވުން.
  • ޢުމުރުން 18 އަހަރު ފުރިފައިވުން.
  • އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން.
  • އިމްތިޙާނުގެ ކެނޑިޑޭޓެއް ކަމުގައި ނުވުން.
  • އިމްތިޙާނުގައި ބައިވެރިވާ ކެނޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން. 

 

ނޯޓް: މަތީގައިވާ ޝަރުތުތަކުގެ އިތުރުން، އިންވިޖިލޭޓަރުން ހޮވުމުގައި ބަލާނެ މައިގަޑު ކަންތައްތަކުގެ ތެރޭގައި މަސައްކަތަށް ވަގުތު ދެވޭނެ މިންވަރާއި، އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާއާއި، ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސަނަދު ހިމެނެއެވެ.

މަސައްކަތް ކުރަންޖެހޭ ގަޑިތައް:

އިމްތިޙާނު އައުޓްރީޗް ސެންޓަރުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ 31 މޭ 2018 އިން 11 ޖޫން 2018 އާ ދެމެދުގެ ދުވަސްތަކުގައި، އެކި ސެޝަންތަކަށް ބަހާލައިގެން، ހެނދުނާއި، މެންދުރުފަހާއި، ރޭގަނޑެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަންގެ ސުންގަޑި:

މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ 30 އެޕްރީލް 2018 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ނުވަތަ އީމެއިލް މެދުވެރިކޮށް، [email protected] އަށެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އިންވިޖިލޭޓަރުކަން ކުރުމަށްއެދި ހުށަހަޅާ ފޯމް (މި ފޯމް ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއި ތިރީގައިވާ ލިންކް އިން ލިބެންހުންނާނެއެވެ).

http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-1.pdf

  • ވަނަވަރު (ސީވީ).
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345162 އަށެވެ.

24 އޭޕްރިލް 2018
ހޯދާ