ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ށ. ބިލެއްފަހި ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމާގުޅޭ

 

ނަންބަރު:FNK-I/IUL/2018/058

 

އިޢުލާން

 

ށ. ބިލެއްފަހި ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށްހިފުމާގުޅޭ:

 

  މިކުންފުނީގެ ށ. ބިލެއްފަހި ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރ FNK-I/IUL/2018/054 އިޢުލާންއަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ، އެ އިޢުލާންބާޠިލްކޮށް އަލުން މިފުރުޞަތު ހުޅުވާލަމެވެ. މިކަމާގުޅޭ މަޢުލޫމާތު މަޢުލޫމާތު ކަރުދާސް މި ކުންފުނީގެ ށ.ބިލެއްފަހި ބްރާންޗުންނާއި ކުންފުނީގެ ވެބް ސައިޓް www.fenaka.com.mv އިން ލިބިވަޑައިގަންނަވާނެއެވެ. އަދި  މަޢުލޫމާތު ކަރުދާސް މި ޢިޢުލާންއާއި އެކު އެއްއުރަ ކުރެވިފައިވާނެއެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ 29 އޭޕްރިލް 2018 ވާ އާދިއްތަ ދުވަހުގެ 11:30 ހަށް  މި ކުންފުނީގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އަށް ނުވަތަ ށ. ބިލެއްފަހި ބްރާންޗަށެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

07 ޝަޢުބާން 1439

23 އޭޕްރިލް 2018
ހޯދާ