އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ހުދާމިސްކިތުގެ ތިރީގައި ކާޕެޓްއަޅައިދޭނެ ފަރާތެއް ހޯދުން:

ރަސްދޫ ހުދާމިސްކިތުގެ ތިރީބައިގާ މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ކާޕެޓްއަޅައިދޭނެ ފަރާތެއްހޯދަންބޭނުންވެއެވެ.

            ވީމާ، މި މަސައްކަތްތައްކޮށްދިނުމަށް ޝައުޤުވެރިވާފަރާތްތަކުން 2018 މެއި 08 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2018 މެއި 13 ވަނަ ދުވަހުގެ 13:00  އަށް މި ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޟިރުވާންޖެހޭނީ އައި.ޑީ.ކާޑު ނުވަތަ އައި.ޑީ.ކާޑުގެ ކޮޕީއާއި އެކުގައެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެއެވެ.

23 އޭޕްރިލް 2018
ހޯދާ