ދިވެހިރާއްޖެ
އެކިއެކި ވިޔަފާރި ކުރުމަށްޓަކައި މިރަށުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެތެރެއިން 17 އަދި 18 ނަންބަރު ބިން ކުއްޔަށް ހިފުމަށް ސައުޤުވެރިވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)401-E/401/2018/6 (23 ޖެނުއަރީ 2018) އިޢުލާނާއި ގުޅިގެން ހުށަހެޅި ހުށަހެޅުންތައް މަދުކަމަށް ފެންނާތީ، އަލުން އެބިންތައް ކުއްޔަށް ހިފުމަށް ސައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތަފްޞީލް
ބިމުގެ # |
ބިންއޮތް ތަން |
ބިމުގެ ބޮޑުމިން |
ކުއްޔަށްދޭ ބޭނުން |
17 |
ހުރަވީމަގުގެ އުތުރުފަޅީގައި، ނައިރާ އިންޖިނިއަރިންގގެ ހުޅަގުފަރާތުގައި |
2000 އަކަފޫޓް |
އާންމު ވިޔަފާރިކުރުމަށް |
18 |
ހުރަވީމަގު އުތުރުފަޅީގައި، 17 ނަންބަރު ބިމުގެ ހުޅަގުފަރާތުގައި |
2000 އަކަފޫޓް |
އާންމު ވިޔަފާރިކުރުމަށް |
ބިން ކުއްޔަށް ދޫކުރުމުގައި ބަލާނެ ކަންތައްތައް
- މިހާރު ބިމެއް ލިބިފައިވާ ފަރާތްތަކަށާއި، ލިބިފައިވާ ބިން ވަކިކޮށްފައިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
- އެއްވެސް ފަރާތަކަށް އެއް ބިމަށްވުރެ ގިނަ ބިމެއް ދުލެއް ނުކުރެވޭނެއެވެ. ނަމަވެސް ކޮންމެ ބިމަކަށްވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.
- އިތުރު ތަފްޞީލް މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަތުމުން ލިބޭނެއެވެ.
ބިން ކުއްޔަށް ދޫކުރުމާއި ބެހޭ މަޢުލޫމާތު ދިނުމާއި ޕްރޮޕޯސަލް ހުށަހެޅުން
މަޢުލޫމާތު ސާފުކޮށްދޭ ތާރީޚާއި ގަޑި |
ބިޑު / ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި |
29 އޭޕްރީލް 2018 (އާދީއްތަ) ދުވަހުގެ 13:30 |
06 މެއި 2018 (އާދީއްތަ) ދުވަހުގެ 13:30 |
ވީމާ، މިބިންތައް ކުއްޔަށް ނެންގެވުމަށް ސައުޤުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވަގުތަށް މިއިދާރާގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑު / ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް އަދި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށާއި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތަކީ ދިވެހި ރައްޔިތަކަށް ވާންޖެހޭނެއެވެ.