އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ދިވެހިރާއްޖެ
މިކޯޓްގެ ފާޙާނާގެ ހޮޅިލައިން ބަދަލުކޮށް ޖަންގްޝަން ހިއްކުމުގެ މަސައްކަތާއި، އޭސީތައް ސާވިސް ކުރުމުގެ މަސައްކަތް

މިކޯޓުގެ ނަންބަރ S2C-A/2018/07ޢިއުލާނަށް އިޖާބަދީ މަޢުލޫމާތު ސާފްކޮށްފައިވަނީ އެންމެ ދެފަރާތުންކަމަށްވާތީ އެޢިއުލާން ބާތިލްކޮށް ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން ޢުލާން ކުރަމެވެ.

  1. ކޯޓްގެ ފާޙާނާގެ ހޮޅިލައިން ބަދަލުކޮށް ޖަންގްޝަން ހިއްކުމުގެ މަސައްކަތް
  2. ކޯޓްގެ އޭސީތައް ސާވިސް ކުރުމުގެ މަސައްކަތް

ވީމާ، މަތީގައި ދެންނެވިފައިއެވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 29 އޭޕްރީލް 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 3 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:30 އަށް މިކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިއީ ތަފާތު ދެމަސައްކަތަކަށްވާތީ މިދެމަސައްކަތަށް އެސްޓިމޭޓް ހުށަހަޅާނީ ވަކިވަކިންނެވެ.

މަޢުލޫމާތު ސާފުކުރުމަށާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.

23 އޭޕްރިލް 2018
ހޯދާ