މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑީ.އެޗް.އީ-އެމް.ކިޔު.އޭ ސްޓޫޑެންޓް އޭރިއާ ހެދުމުގެ މަސައްކަތް ކުރުމާ ގުޅޭ.

ިނިސްޓްރީ އޮފް އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

                                                      ނަމްބަރު: IUL)22-E/22/2018/59) 

އިޢުލާން

ޑީ.އެޗް.އީ-އެމް.ކިޔު.އޭ ސްޓޫޑެންޓް އޭރިއާ ހެދުމުގެ މަސައްކަތް ކުރުމާ ގުޅޭ.

މި މިނިސްޓްރީއިން ޑީ.އެޗް.އީ-އެމް.ކިޔު.އޭ ގައި ސްޓޫޑެންޓް އޭރިއާ ހެދުމުގެ މަސައްކަތްކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެއެވެ.

 

މައުލޫމާތު ސާފުކުރުން:

މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށް ހުށަހެޅުމަށް 23 އޭޕްރިލް 2018 ވާ ހޯމަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މީޓިންގް ރޫމް 4 (ވެލާނާގެ، 9ވަނަފޮލޯރ) އަށް ވަޑައިގެން މައުލޫމާރު ސާފުކުރެއްވުން އެދެމެވެ. އަދި މި އިއުލާނާއެކު މައުލޫމާތު ކަރުދާސްއައް ޑައުންލޯޑްކުރެވޭގޮތަށް އެޓޭޗްކޮށްފައި އެވެނީއެވެ. މަޢުލޫމާތުސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

އަންދާސީ ހިސާބު ހުށައެޅުން:

ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް 26 އޭޕްރިލް 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ޣާޒީ ބިލްޑިންގ ގްރައުންޑް ފޮލޯރ) އަށް ވަޑައިގެންދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށައާޅާ ބީލަމާއި މަޢުލޫމާތުސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ..

 

ނޯޓް:

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341318.

- އީމެއިލް: [email protected]      

19 އޭޕްރިލް 2018

 

19 އޭޕްރިލް 2018
ހޯދާ