ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަތުރުހިޔާ އެދުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

                      a         

 

ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ

     ހއ.ވަށަފަރު / ދިވެހިރާއްޖެ 

 

(IUL)250/250/2018/8 ނަމްބަރ:                                         

އިޢުލާން

 

ދަތުރު ހިޔާ ހެދުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

 

މިރަށު ދަތުރު ހިޔާހެދުމަށް ބޭނުންވާ ސާމާނު މިރަށަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން  ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށް ދުރުވެ، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ދަތުރު ހިޔާ ހެދުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

އަންދާސީ ހިސާބު ހުށަހެޅުމާއި ކެނޑުމުގެ ބައްދަލުވުން

22 އޭޕްރިލް 2018  13:00

25 އޭޕްރިލް 2018  13:00

 

ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ޚާޟިރުވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލް ކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްމަންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނެ ސިޓީއަކާއި ރަޖިސްޓްރޭޝަންގެ ކޮޕީ އެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ޚާޟިރުވެލައްވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަވަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އެބޭފުޅެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް، އެހެން ބޭފުޅަކު ޚާޟިރުވެލައްވާނަމަ، ޚާޟިރުވާ ފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަވަންވާނެއެވެ. އަދި އެބޭފުޅަކު ތަމްސީލު ކުރައްވާ ފަރާތުން އެފަރާތުގެ ބަދަލުގައި ތަމްސީލުކުރައްވަނީ ކޮން ބޭފުޅެއްކަން އަންގައިދޭ ސިޓީއާއެކު، އެފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި އަދި، އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެ ނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު، ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅު ވެލައްވާނަމަ ރަސްމީ ގަޑީގައި 6500039 ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

03 ޝަޢުބާން  1439

19 އޭޕްރިލް  2018

 

 

 

 

                                 

19 އޭޕްރިލް 2018
ހޯދާ