ދިވެހިރާއްޖެ
މަސައްކަތް: ސްޕޯޓްސް މެގަޒިންއަށް އާޓިކަލްސް ލިޔެދޭނެ ފަރާތްތަކެއް ހޯދުމަށް.
މިކޯޕަރޭޝަނުން ތައްޔާރުކޮށް ޝާއިއުކުރުމަށް ހަމަޖެހިފައިވާ ސްޕޯޓްސް މެގަޒިންއަށް އާޓިކަލްސް/ލިޔުން ތައްޔާރުކޮށް ލިޔެދޭނެ ފަރާތްތަކެއް ހޯދަންބޭނުންވެއެވެ. މި މެގަޒިންގެ އާޓިކަލްތައް ބަހާލެވިފައިވަނީ ތިރީގައި ދެންނެވިފައިވާ ދާއިރާތަކަށެވެ.
Sports Tourism |
ސްޕޯޓްސް ޓޫރިޒަމް |
Fitness |
ކުޅިވަރާއި ކަސްރަތަށް ހޭލުންތެރިކުރުވުން |
Featured Article |
ފީޗާޑް އާޓިކަލް |
Nutrition |
ނިއުޓްރިޝަން |
Local & International Sports |
ރާއްޖެ އާއި ބޭރު ދުނިޔޭގެ ކުޅިވަރު ޚަބަރު |
Mental Health |
މެންޓަލް ހެލްޓް |
Technology and Innovation |
ކުޅިވަރާއި ބެހޭ ޓެކްނޮލޮޖީ އާއި އިނޮވޭޝަން |
National Sports Association |
ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ޙަބަރު |
Sports History of Maldives |
ދިވެހި ރާއްޖޭގެ ކުޅިވަރުގެ ތާރީޚް ދިރާސާކުރުން |
މަސައްކަތުގެ އަގު: ދެ ފަރާތުން އެއްބަސްވާ އަޤެއް
މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް:
- އާޓިކަލް ލިއުމަށް ހަމަޖެހިފައިވާ ދާއިރާއިން ލިބިފައިވާ ތައުލީމާ ތަމްރީނު
- އާޓިކަލް ލިއުމުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- އިންޓަވިއު
ހުށަހަޅަންޖެހޭ ލިޔުންތައް:
- މަސައްކަތައް އެދޭ ފޯމު (މި އިޢުލާނާ އެކުގައިވާ ލިންކުން ޑައުންލޯޑްކުރެވޭނެ)
- މަސައްކަތައް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
- މަސައްކަތައް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- މަސައްކަތަށްއެދޭ ފަރާތުގެ ވަނަވަރު.
ވީމާ، މިމަސައްކަތައް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، މިކަމަށް ހާއްސަކުރެވިފައިވާ އެޕްލިކޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު، 26 އޭޕްރިލް 2018 ވާ ބުރާސްފަތި ދުވަހު 12:00 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގް ޑިރެކްޓަރއަށް އެޑްރެސްކޮށް ގަލޮޅު ދަނޑުގެ ޔޫތް އެކޮމަޑޭޝަން ބްލޮކްގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް (ހެނދުނު 8:00އިން ހަވީރު 0015:އަށް) 3336725 ނަންބަރު ފޯނަށް ގުޅެއްވުން އެދެމެވެ.
3 ޝަޢުބާން 1439
19 އޭޕްރިލް 2018