ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ސީނިއަރ އެކައުންޓްސް އޮފިސަރ

މި އިޢުލާންވަނީ 21 އޭޕްރިލް 2018 11:42 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

 

މި ކުތުބުޚާނާއިން 2018 ފެބްރުވަރީ 25 ގައި ޝާޢިޢުކުރި (ސީނިއަރ އެކައުންޓްސް އޮފިސަރ) ގެ އިޢުލާން ނަންބަރު: ILU)56-CAS/56/2018/5) ބާތިލްކޮށް، އަލުން އިޢުލާން ކުރީމެވެ.

 

މަޤާމް:

އެކައުންޓްސް އޮފިސަރ

 

މަޤާމުގެ ނަންބަރު:

J-294768

 

ބޭނުންވާ އަދަދު:

1

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

އެމް.އެސް 2

 

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް ސެކްޝަން، ފައިނޭންސް ޔުނިޓު

 

މަޤާމް އޮތް އޮފީސް:

ޤައުމީކުތުބުޚާނާ

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޤައުމީކުތުބުޚާނާ، ކ.މާލެ.

 

މަސައްކަތު ގަޑި

ހެނދުނު 8:00 ން މެންދުރު 14:00 އާއި ދެމެދު (06 ގަޑިއިރު) 30 މިނިޓް ބްރޭކް ލިބޭނެ.

އަދި އެ މުވައްޒަފުން ހޮނިހިރު ދުވަހުވެސް މަސައްކަތަށް ހާޒިރުވާންޖެހޭނެއެވެ.

 

މުސާރަ:

-/6295 ރުފިޔާ

 

ސަރވިސް އެލެވަންސް:

-/2000 ރުފިޔާ

 

ކޯ ޑިސިޕްލިންގ އެލެވަންސް:

ސަޕޯޓިންގ ކޯ 2 އެލަވެންސް -/900 ރުފިޔާ ނުވަތަ

މަޤާމާއި ގުޅޭ ދާއިރާގެ ތަޢުލީމީ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 7 ގެ ސަނަދެއް ޙާސިލްކޮށްފައިވާނަމަ، މުސާރައިގެ %28 ޓެކްނިކަލް ކޯ އެލަވަންސް ގޮތުގައި ލިބޭނެއެވެ.

 

އިތުރު ޢިނާޔަތްތައް:

-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

-          ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

-          ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން، އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވުން.

-          ޤައުމީކުތުބުޚާނާއަށް އެކިފަރާތްތަކުން ލިބެންޖެހޭ ފައިސާ ލިބެމުންދޭތޯ ބަލައި ލިބެމުންނުދާނަމަ ޔުނިޓު ހެޑްގެ މަޝްވަރާގެ މަތިން ފިޔަވަޅުއެޅުން.

-          ބަޖެޓް ބާކީ ކުރުމާއި، ބަޖެޓާބެހޭގޮތުން ފޮނުވަންޖެހޭ އެންމެހާ ރިޕޯޓްތައް ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވައި ފައިލްކުރުން.

-          ފައިސާ ދެއްކުމަށްޓަކައި، ލިބޭ ބިލްތަކާއި ގުޅުންހުރި ލިޔުންތައް ހަމަޔަށްހުރިތޯ ޗެކްކުރުން.

-          ބިލްތަކަށް މުއްދަތު ހަމަވުމުގެ ކުރިން ފައިސާދެއްކޭކަން ޔަޤީންކުރުން.

-          ބަޖެޓުގެ އެއްވެސް އައިޓަމަކުން ފައިސާ ޚަރަދުކުރުމުގެކުރިން އެއައިޓަމްގައި ފައިސާހުރިތޯބަލާ ޗެކްކޮށް ފައިސާގެމައްސަލަ ހަމަނުޖައްސައި ފައިސާނެތް އައިޓަމަކުން ޚަރަދެއްކޮށްފިނަމަ އެކަމުގެ ޒިންމާއުފުލުން.

-          ސަރުކާރުގެ މުދަލާއި ފައިސާ އާއި ބެހޭ ޤަވާޢިދުތަކާ އެއްގޮތަށް ފައިސާއާބެހޭ މަސައްކަތްތައް ކުރުން.

-          ޗެކުހެދިފައިވާ ޑޮކިއުމެންޓްގެ މައުލޫމާތު ޗެކް ލިބެންވީ ފަރާތަށް އެންގުނުކަން ޔަޤީންކުރުން.

-          އެކިފަރާތްތަކާއި ވެފައިވާ އެއްބަސްވުންތަކާއި އެއްގޮތަށް ފައިސާ ދައްކަމުންދޭތޯ ބެލުން.

-          އޯވަރޑިއުވާ ފަރާތްތަކުގެ މައުލޫމާތު ގެޒެޓް ގައި ޝާޢިއު ކުރަން ފޮނުވުން.

-          ބިލްތަކަށް ފައިސާ ދެއްކުމަށް ހަދަންޖެހޭ ވައުޗަރުތައް ހަދައި އެއާއިގުޅޭ ޑޮކިއުމެންޓް ސެޕްގައި އެޓޭޗްކޮށް އެޑޮކިއުމެންޓްތައް ފައިލްކޮށް ބެލެހެއްޓުން.

-          ވައުޗަރ ރަޖިސްޓްރީ އަޕްޑޭޓްކުރުން.

-          ވައުޗަރ ޕޯސްޓް ކުރުމަށް އެކަމާ ޙަވާލުވެ ހުންނެވި މީހަކާއި ޙަވާލުކުރުން.

-          ޗެކް ހެދިފައިވާ ޑޮކިއުމެންޓްގެ މައުލޫމާތު ޗެކްލިބެންވީ ފަރާތަށް ދިނުން.

-          އޯވަރޑިއުވާ ފަރާތްތަކުގެ މައުލޫމާތު ގެޒެޓް ގައި ޝާޢިއު ކުރުމަށް ތައްޔާރުކޮށް ޔުނިޓް ހެޑުންނަށް ފޮނުވުން.

-          ސަރުކާރުގެ މުދަލާއި ފައިސާ އާއި ބެހޭ ޤަވާޢިދުތަކާއި އެއްގޮތަށް ފައިސާއާބެހޭ މަސައްކަތްތައް ކުރުން.

-          ލައިބްރަރީ ކޮމްޕިއުޓަރ ނެޓްވާކްގައި ލައިބްރަރީ ފައިނޭންސް ޔުނިޓުގެ ފޯލްޑަރ ބަލަހައްޓައި އަޕްޑޭޓް ކުރުން.

-          މަސައްކަތާއިގުޅޭ ހުރިހާ މުޢާމަލާތްތައް ލިޔުމުން ކުރުން، މިގޮތުން އީމެއިލުން މުޢާމަލާތުކުރުމަށް ސަމާލުކަން ދިނުން، ޤަވާއިދުން އީމެއިލް ޗެކްކޮށް އީމެއިލް ތަކަށް ރިޕްލައި ކުރުން. 

-          ހަފްތާއަކު އެއްފަހަރު ބާއްވާ ޔުނިޓް މީޓިން ގައި ބައިވެރިވުން.

-          ހަފްތާއަކު އެއްފަހަރު ސުޕަވައިޒަރާއެކު ބައްދަލުކޮށް ޓާގެޓް ތަކާއިމެދު މަޝްވަރާކޮށް ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުން.

-          ލައިބްރަރީގެ ފަރާތުން އިންތިޒާމްކުރާ ކޯސް، ޓްރޭނިންގ ޕްރޮގްރާމް، ވޯރކްޝޮޕް، ޖަލްސާ، ސެމިނަރ އަދި މިނޫންވެސް މިފަދަ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެއްބާރުލުން ދިނުން.

-          ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔުން.

-          ޕްރޮސީޖަރ ތައްޔާރުކުރުމުގައި ޔުނިޓް ހެޑަށް މައުލޫމާތު ދިނުން.

-          މަސައްކަތުގެ މަންތްލީ، ވީކްލީ އަދި ޑެއިލީ ޕްލޭން ހެދުން.

-          އޮފީހުން އިންތިޒާމްކޮށް އަދި މީގެ އިތުރުން ހޯދައިދޭ ޓްރޭނިންގ ފުރުސަތުތަކުގައި ބައިވެރިވުން.

-          މަސައްކަތާއިގުޅުންހުރި ކަންކަމުގައި އީމެއިލް އަދި ސޯޝަލް މީޑިއާ ބޭނުންކުރުން.

-          އޮފީހުގެ މަސައްކަތް އިތުރަށް ރަގަޅުކުރެވޭނެ ގޮތާއި މެދު ބިނާކުރަނިވި ހިޔާލު ފާޅުކުރުން.

-          ހަވާލުކުރެވިފައިވާ މަސައްކަތާއި ގުޅިގެން އޮފީސް ތަމްސީލްކުރުން.

-          އޮފީހަށް ލިބޭ ފައިސާއާއި ހަވާލުވެ، ތިޖޫރީގައި ރައްކާކޮށް އެމް.އެމް.އޭ އަށް ޖަމާކުރުން.

 

މަޤާމުގެ ޝަރުތު:

 

-          އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5  ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

-          އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަމްރީނު

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

-          ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ދިވެހިބަހުން (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ                                             ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ޤައުމީ ކުތުބުޚާނާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.nlm.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 އެޕްރީލް 29 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ޤައުމީ ކުތުބުޚާނާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3313712 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމްތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 މޭ 2 ވަނަ ދުވަހާއި 2018 މޭ 15 ވަނަ ދުވަހާ ދެމެދު، ޤައުމީ ކުތުބުޚާނާ، (މިއުޒިއަމް ބިލްޑިން އޭ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާތަކަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323943 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3313712 އެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ.

02 ޝަޢުބާން 1439

18 އޭޕްރިލް 2018
ހޯދާ