ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް

ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް

 

        ޤުރްއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތް މި އަހަރު ފެށުމަށް ހަމަޖެހިފައި ވަނީ 15 ޛުލްޙިއްޖާ 1439 (26 އޮގަސްޓް 2018) ވަނަ ދުވަހު މާލޭގައެވެ.މިއަހަރު މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިދަންނަވާ ގޮތަށެވެ.      

  1. 1.      މުބާރާތް ހުޅުވާލާފައިވާ ފަރާތްތައް:

       

  މި މުބާރާތް ހުޅުވާލައިފާ ވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީތަކަށާއި،އިސްލާމްދީނަށް ޚިދުމަތް ކުރުން އެ ފަރާތެއްގެ މަޤްސަދް ތަކުގެތެރޭގައި ހިމެނޭ ޖަމްޢިއްޔާތަކަށާއި،ކުންފުނިތަކަށާއި،ކްލަބްތަކަށާއި ޖަމާޢަތް ތަކަށެވެ.

 

  1. 1.      މުބާރާތުގެ ބައިތައް :

 

  1. 1.      ފޮތުން ކިޔެވުމުގެ ބައި
  2. 2.      ހިތުން ކިޔެވުމުގެ ބައި
  3. 2.      މުބާރާތުގެ ބައިތައް

    މި މުބާރާތުގައި ހިމެނެނީ ދެ ބަޔެކެވެ. އެއީ ފޮތުން ކިޔެވުމުގެ ބަޔާއި  ހިތުން ކިޔެވުމުގެ ބަޔެވެ. މިއިން ކޮންމެ ބަޔެއް  ބެހިފައިވަނީ ތިން ގޮތްޕަށެވެ. މި ގޮފިތަކަކީ

 

ފޮތުން ކިޔެވުމުގެ ބައި

ހިތުން ކިޔެވުމުގެ ބައި

ވިދިވިދިގެން 10 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

ވިދިވިދިގެން 5 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

ވިދިވިދިގެން 20 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

ވިދިވިދިގެން  10 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

މުޅި ޤުރްއާން

ތަޖްވީދު ހަމަތަކުގެ މަތިން

ވިދިވިދިގެން  20 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

 

 

  1. 3.      މުބާރާތުގައި ބައިވެރިވުން

 

-           މި މުބާރާތުގައި ބައިވެރިވެވޭނީ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި މަތީގައި ބުނެވުނު   ކުލަބުޖަމްޢިއްޔާތަކާއި، ކުންފުނިތަކާއި، މި ޖަމްޢިއްޔާތަކަށް ތަމްސީލު ކުރުމަށް އެ ކައުންސިލްތަކުން ހުށައަޅާ ކެންޑިޑޭޓުންނަށެވެ.

-              މުބާރާތުގައި ބައިވެރިވެވޭނީ މިކަމަށްޓަކައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ތައްޔާރުކޮށްފައިވާ ފޯމް ފުރައި މުބާރާތުގައި ބައިވެރިވުމަށް އެދި  ހުށައަޅައި މަރުކަޒުން ޤަބޫލު ކުރިކަން އެންގުމުންނެވެ.

-        މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް 31 ޖުލައި 2018 ވަނަ ދުވަހުގެ ކުރިން މަރްކަޒަށް ހުށައަޅަން ވާނެއެވެ.

-          26 އޭޕްރީލް 2018 ވަނަ ދުވަހުން ފެށިގެން މި ފޯމް މަރްކަޒުން އަދި މަރުކަޒުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުނަނާނެއެވެ.

 

  1. 4.      މުބާރާތުގައި ބައިވެރިކުރެވޭނެ ޢަދަދު :

 

-        މި މުބާރާތުގެ ދެ ބައިގެ ހިމެނޭ ގޮފިތަކުގެ ތެރެއިން ކޮންމެ ގޮތްޕެއްގައި ވެސް ބައިވެރި ކުރެވޭނީ ގިނަވެގެން 2 ކެންޑިޑޭޓުންނެވެ.

-          ކޮންމެ ކެންޑިޑޭޓަކަށް ވެސް  ބައިވެރިވެވޭނީ މުބާރާތުގެ ކޮންމެވެސް  އެއް ގޮތްޕެއްގައެވެ.

-          އެއްފަރާތަކުން އެންމެ ގިނަވެގެން ބައިވެރި ކުރެވޭނީ 12 ކެންޑިޑޭޓުންނަށްށެވެ.

 

ނޯޓް: މި ޢަދަދަށްވުރެ މަދުން މުބާރާތުގައި ބައިވެރިކުރެވިދާނެއެވެ.

  1. 5.      މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތައް :

 

ދިވެހި ރައްޔިތެއްކަމުގައިވުން.

ޢުމުރުން 18 އަހަރު ފުރިފައިވާ ފަރާތެއްކަމުގައިވުން.

             ވީމާ، މިކަން ޢާންމުކޮށް އިޢްލާން ކުރީމެވެ. 

18 އޭޕްރިލް 2018
ހޯދާ