މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން:

މަނިޓަރީ އެންޑް ފައިނޭންޝަލް ސްޓެޓިސްޓިކްސް ސެކްޝަން / ސްޓެޓިސްޓިކްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ

  • އެކައުންޓިން، ފައިނޭންސް ނުވަތަ ވިޔަފާރީގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި މައިކްރޯސްފްޓް އެކްސެލް ރަގަޅަށް ބޭނުންކުރަން އެނގޭ ފަރާތްތަކަށާއި މާލީ ދާއިރާގެ ތަފާސްހިސާބުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މަނިޓަރީ އަދި ފައިނޭންޝަލް ތަފާސްހިސާބުތައް އެކުލަވާލުމާއި މިފަދަ ތަފާސްހިސާބުތައް އިތުރަށް ފުޅާކުރުން.
  • އައިއެމްއެފް އާއި ވޯލްޑް ބޭންކް ފަދަ ބައިނަލްއަގުވާމީ މަލީ އިދާރާތަކަށް ފޮނުވުމަށް ބޭނުންވާ މަނިޓަރީ އަދި ފައިނޭންސް އާގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުން.
  • މަނިޓަރީ އަދި ފައިނޭންޝަލް ތަފާސްހިސާބުގެ ޑޭޓާބޭސް އިތުރަށް ތަރައްގީ ކުރުމާއި ގުޅުންހުރި މަސައްކަތް ކުރުމުގައި އެހީތެރިވުން.
  • މަނިޓަރީ އަދި ފައިނޭންޝަލް ދާއިރާގައި ހިނގަމުންދާ ކަންތައްތައް ދިރާސާކޮށް ބެލުން.  

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ކޯޕަރޭޓް އެކައުންޓްސް ސެކްޝަން / ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ

  • އެކައުންޓިންގ ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި އޭސީސީއޭ ނުވަތަ ސީމާ ފަދަ ޕްރޮފެޝަނަލް އެކައުންޓިން ސެޓްފިކެޓެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ އަހަރީ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓްއާ ގުޅުންހުރި މަސައްކަތްކުރުމާއި، އެމްއެމްއޭގެ ބޭރު ފައިސާގެ އެކައުންޓްތަކާ ގުޅުންހުރި މަސައްކަތްކުރުމާއި ރިޒަރވް މެނޭޖްމަންޓްގެ ބެކް އޮފީސް މަސައްކަތްކުރުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

ކަލެކްޝަން އޮފިސަރ 

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • އެޗްއެސްސީ އަދި ޖީސީއީ އޭ ލެވެލް އިމްތިހާނުގެ 5 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލް ކޮށްފައިވުމާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މަޢުލޫމާތު ލިބިފައިވުމާއި މައިކްރޯސޮފްޓް އެކްސެލްއަށް އަހުލުވެރިވެފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބޭ ރިޕޯޓާއި މަޢުލޫމާތުތައް އިވަލުއޭޓްކުރުމާއި އެނަލައިޒްކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އެހީތެރިވެދިނުން

މުސާރަޔާއި އިނާޔަތްތައް

12,000.00 – 15,200.00 ރުފިޔާ

މަޤާމް:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

ޑިވެލޮޕްމެންޓް އެންޑް ޓެކްނޮލޮޖީ ޕްރޮޖެކްޓްސް ސެކްޝަން / ޓެކްނޮލޮޖީ ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

02 ( ދޭއް)

ވަޒީފާގެ ބާވަތް

02 އަހަރު ދުވަހުގެ ކޮންޓްރެކްޓް (ދެ ފަރާތުން އެއްބަސްވާގޮތެއްގެ މަތިން ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވިދާނެއެވެ. ނުވަތަ ދާއިމީ ވަޒީފާއަކަށް ބަދަލު ކުރެވިދާނެއެވެ.)

ތަޢުލީމީ ފެންވަރާއި ހުނަރު:

  • ޖީސީއީ އޭލެވެލް އިމްތިހާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުންް ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ޑިޕްލޮމާއެއް ހާޞިލް ކޮށްފައިވުން.
  • މި ވަޒީފާއަށް މީހަކު ހޮވުމުގައި ކޮމްޕިއުޓަރ ޕްރޮގްރާމް ލިޔުމަށާއި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިޔަށް ދިއުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޕްރޮގްރާމްތައް ލިޔުމުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

9,000.00 – 12,000.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޑިޕްލޮމާ އަދި ޑިގްރީ ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

26 އޭޕްރިލް 2018 ވާ ބުރާސްފަތި ދުވަހުގެ 15:00 އަށް

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާ އަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

18 އޭޕްރިލް 2018
ހޯދާ