ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން އިމާމަކު / މުދިމަކު ބޭނުންވެއްޖެ!

މަޤާމް

އިމާމު   

ބޭނުންވާ އަދަދު:

01 (އެކެއް)

އުޖޫރަ:

  • އިމާމް ޝަރުތު ހަމަވާނަމަ ކޮންމެ ނަމާދު ވަގުތަކަށް 56.00 ރުފިޔާ

 

  • މުދިމް ޝަރުތު (ޤުރުއާން ރީއްޗަށް ކިޔަވަން އެގުން، ބަންގި ގޮވުމާއި، ނަމާދުކުރަން އެގޭ ފަރާތަކަށްވުން) ހަމަވާނަމަ ކޮންމެ ނަމާދު ވަގުތަކަށް 48.00 ރުފިޔާ

 

މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަން:

ގދ. މަޑަވެލި މަސްޖިދުއް ތަޤުވާ މިސްކިތް

 

 

މަޤާމުގެ ޝަރުޠު:

މުދިމްކަމުގެ ސަނަދު ނުވަތަ އިމާމުން ތަމްރީންކުރާ ކޯހުގެ ލެވެލް 1، 2، 3 ގެ ސެޓްފިކެޓްއެއް ލިބިފައިވުން ނުވަތަ އެފަދަ ކޯހެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ނުވަތަ މިސްކިތުގެ ވަގުތު ބަންގިގޮވާ އިމާމުވެ ނަމާދުކުރުމުގެ ތަޖްރިބާ ލިބިފައިވާ މީހަކަށްވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 ވަރަކަށް މިނިޓުގެ ކުރިން މިސްކިތަށް ގޮސް މިސްކިތުގެ ކަންތައް ހުރިނެތްގޮތް ބަލާ ރަނގަޅު ކުރުމަށްފަހު ނަމާދު ވަގުތު ޖެހުމުން ވަގުތު ބަންގިގޮވައި އިމާމްވެ ނަމާދުކުރުން.
  2. މިސްކިތް ސާފުކުރާ މުވައްޒަފުންގެ މަސައްކަތް ހިނގާގޮތް ދުވަހުން ދުވަހަށް ސުޕަވައިޒުކޮށް ބެލެހެއްޓުން.

 

ވަޒީފާއަށްއެދި ހުށަހަޅާ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  2. ލިބިފައިވާ ސަނަދު، ސެޓްފިކެޓްތަކުގެ ކޮޕީ.
  3. އައި.ޑީ ކާޑުގެ ކޮޕީ.
  4. ކުރިން އެހެން ވަޒީފާއެއްގައި އުޅެފައިވާނަމަ ވަޒީފާ އަދާކުރިތަނުގެ ތައްގަޑު ޖަހާފައިވާ ލިޔުމެއް.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް އެދޭ ފަރާތްތަކުން 25 އެޕްރީލް 2018 ވާ ބުދަ ދުވަހުގެ މެންދުރު 14:00ގެ ކުރިން ވަޒީފާއަށް އެދި މިއިދާރާއަށް ސިޓީ ހުށަހަޅަން ވާނެއެވެ.

 

އިތުރު މަޢުލޫމާތު

  އިމާމަކު ބޭނުންވަނީ މަސްޖިދުއް ތަޤުވާއަށް 02 މޭ 2018 ން 15 މޭ 2018  ގެ ނިޔަލަށެވެ.  

17 އޭޕްރިލް 2018
ހޯދާ