ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ބާރަށު "ބުރެވިމާގެ"، "ކަނބުރުގެއާގެ"، "ސްވީޓްހާޓް" އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިފައިވާތީ

ރީގައި މިދަންނަވާ ގޭގޭގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން އެ ރަޖިސްޓްރީތައް އަލުން ހައްދަވައި ދެއްވުމަށް އެދި މި އިދާރާ އަށް ހުށަހަޅުއްވާފައިވާތީ، އެ ގޯތިތަކުގެ ރަޖިސްޓްރީ އާބެހޭ އެއްވެސް މަޢުލޫމާތެއް، ނުވަތަ އެއްވެސް ޝަކުވާއެއް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތެއް ވާނަމަ އެކަން 25 އޭޕްރިލް 2018 ވާ ބުދަ ދުވަހުގެ 14.00 ގެ ކުރިން ލިޔުމަކުން މި އިދާރާ އަށް ހުށެހެޅުއްވުމަށް ދެންނެވީމެވެ.

 

01. ބުރެވިމާގެ     ހއ. ބާރަށް   ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ

02. ކަނބުރުގެއާގެ  ހއ. ބާރަށް   ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ

03. ސުވީޓްހާޓް    ހއ. ބާރަށް   ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

 

30  ރަޖަބު  1439  

16 އޭޕްރިލް 2018

 

 

                                 ޢަލި ޝަމީމް

                                 ކައުންސިލްގެ ރައީސް

16 އޭޕްރިލް 2018
ހޯދާ