ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

މަޤާމް:                ޑްރައިވަރ

މަޤާމުގެ ނަންބަރު:         J-233511

ބޭނުންވާ އަދަދު:          1

މަޤާމުގެ ގިންތި:          ދާއިމީ

މަޤާމުގެ ރޭންކް:          އެސް އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:    ސަޕޯޓްސްޓަރފް ގްރޭޑް 2

ސެކްޝަން:             ކޯޕަރޭޓިވް އެފެއާރޒް

މަޤާމް އޮތް އޮފީސް:        ގއ. ވިލިނގިލީ ކައުންސިލް އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:  ގއ. ވިލިނގިލީ ކައުންސިލް އިދާރާ

މުސާރަ:               3470.00

ސަރވިސް އެލެވަންސް:      1000.00

ސަޕޯޓިންގ ކޯއެލަވަންސް:    1200.00

އިތުރު ޢިނާޔަތްތައް:        1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެމަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. މިއިދާރާގެ ބޭނުންތަކަށް ރަސްމީގަޑިތަކާއި، ނުރަސްމީ ގަޑިތަކުގައި މި އިދާރާގެ   ވެހިކަލްތައް ދުއްވުން.
  2. ވެހިކަލްތައް  ދޮވެ ސާފްކޮށް ބެލެހެއްޓުން.
  3. ވެހިކަލްތަކުގެ އަޑީތެއޮ ކަނޑައެޅިފައިވާ ގޮތުގެމަތިން ބަދަލުކުރުމާއި، މަރާމަތެއް ކުރަންވެފައި ހުރިނަމަ ލަސްނުކޮށް ވެރިއަކަށް އަންގައިގެން  މަރާމާތު ކުރުމުގެ ކަންތައްތައް ކުރުން.
  4. ވެހިކަލްދުއްވަން ނުޖެހޭ ރަސްމީވަގުތުތަކުގައި އޮފީހުގައި ހޭދަކުރުމާއި، ރަސްމީގަޑިޔާއި، ނުރަސްމީ ގަޑިތަކުގައި ވެރިން އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން.
  5. މި އިދާރާގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން ކުރަމުންދާ ކުނިއުކުމުގެ މަސައްކަތަށްބޭނުންކުރާ ޕިކަޕް ދުވަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ ޕިކަޕް ދުއްވުން.
  6. ރަށުކައުންސިލުން ހަދާ ތަރައްޤީގެ އެކިއެކި ޕްލޭންތަކުގަ އާއި، ބާއްވާ ވާރކްޝޮޕް އަދި ސެމިނަރ ފަދަ ކަންކަމުގައި އެހީތެރިވެ ދިނުން.

މަގާމުގެ ޝަރުތުތައް:

1- މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

ނުވަތަ

2- މަޤާމަށް ބޭނުންވާ ތަމްރީނެއް /ލައިސަންސެއް / ހުއްދައެއް / ސަނަދެއް ޙާޞިލްކޮށްފައިވުން.

3- ލިޔަންކިޔަން ދަތުމާއި، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި އެމަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަސައްކަތުގައި ގިނަވަގުތު އުޅެވޭ ހީވާގި 55 އަހަރު ނުފުރޭ ފިރިހެނުންނަށް އިސްކަންދެވޭނެއެވެ. މި މަޤާމަށް ޝަރުތު ފުރިހަމަވާ މީހަކު ނުލިބެއްޖެނަމަ ކޮންޓެކްޓް އުސޫލުން މިމަސައްކަތް ކުރާނޭ މީހަކުވެސް ބޭނުންވެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕ
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި ގއ.ވިލިނގިލީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި  ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv  އިން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 އޭޕްރީލް 2018 ވާ ހޯމަދުވަހުގެ 14:00ގެ ކުރިން، ގއ.ވިލިނގިލީ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު   އޮންނާނީ،  29 އޭޕްރީލް 2018 އާއި 06 މެއި 2018   އާ ދެމެދު، ގއ.ވިލިނގިލީ ކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 30  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

                   %30 (ތިރީސް އިންސައްތަ)     

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820027 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

17 އޭޕްރީލް   2018

01 ޝައުބާމް  1439                          

                                                         

17 އޭޕްރިލް 2018
ހޯދާ