މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

މާލެ، ދިވެހިރާއްޖެ

ނަންބަރ:   (IUL)25-A5/25/2018/16

ވަޒީފާގެ ފުރުޞަތު

 

މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

މާޤާމް: ޑެސްކް އޮފިސަރ

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް 3

މުސާރަ:4465.00 ރ.

ސަރވިސް އެލަވަންސް: 1500.00 ރ.       

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ސަޕޯޓް ކޯ އެލަވަންސް: 700.00 ރ

މަޤާމުގެ ނަންބަރު:J-118372

ގިންތި: ދާއިމީ

މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ޑިވިޜަން/ ސެކްޝަން: ބަޖެޓް ޑިވިޜަން  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1-      މިމިނިސްޓްރީ އާއި ދިވެހިރާއްޖެއިން ބޭރުގައި ހުންނަ ރާއްޖޭގެ މިޝަންތަކުގެ ބަޖެޓް ތައްޔާރުކުރުން.

2-      މިމިނިސްޓްރީއާއި މިޝަންތަކުގެ މުވައްޒަފުންގެ މުސާރަ ހެދުން.

3-      ވެރިންނާއި މުވައްޒަފުން ރާއްޖޭން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި ހުރުމާއި ކެއުމުގެ ފައިސާގެ ކަންތައްތަކާއި ޓިކެޓު ނެގުމުގެ ކަންތައްތައް ހަމަޖެއްސުން.

4-      މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އެކިކަންކަމަށް މިމިނިސްޓްރީއަށް ބޭނުންވާ ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމުގެ ކަންތައްތައް ކުރުން.

5-      ތިޖޫރީ ރިޕޯރޓު ހެދުން.

6-      މިމިނިސްޓްރީ އާއި މިޝަންތަކުގެ ޚަރަދު ރިޕޯރޓް މަހުން މަހަށް ހެދުން.

7-      ސެކްޝަނުން އެހެން ފަރާތަކަށް ފޮނުވަންޖެހޭ ސިޓީތަށް ތައްޔާރުކޮށް ފޮނުވުން.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1-      ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، 'ސެކެންޑަރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މާޤާމް: ޑެސްކް އޮފިސަރ

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް 3

މުސާރަ:4465.00 ރ.

ސަރވިސް އެލަވަންސް: 1500.00 ރ.       

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ސަޕޯޓް ކޯ އެލަވަންސް: 700.00 ރ

މަޤާމުގެ ނަންބަރު:J-118374

ގިންތި: ދާއިމީ

މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ޑިވިޜަން/ ސެކްޝަން: ކޮންސިއުލަރ ސަރވިސް ޑިޕަރޓްމަންޓް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ތަފާތު އެކި މައްސަލަތަކާ ގުޅިގެން ރާއްޖެއިން ބޭރުގައި ހައްޔަރުކުރެވޭ ދިވެހިންގެ މަޢުލޫމާތު ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއި އަދި އެމީހެއްގެ އާއިލާއާ ޙިއްސާކޮށް އެމައްސަލައާގުޅިގެން މިނިސްޓްރީއިން ކުރަންޖެހޭ އެންމެހާ މަސައްކަތް.
  2. ތަފާތު އެކި ސަބަބުތަކާހުރެ ރާއްޖެއިން ބޭރުގައި ހާލުގައި ޖެހޭ  ދިވެހިންގެ މަޢުލޫމާތު ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއި އަދި އެމީހެއްގެ އާއިލާއާ ޙިއްސާކޮށް އެމައްސަލައާގުޅިގެން މިނިސްޓްރީއިން ކުރަންޖެހޭ އެންމެހާ މަސައްކަތް.
  3. ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނާގުޅޭ ގޮތުން މިނިސްޓްރީއިން ކުރަންޖެހޭ މަސައްކަތްތައްކުރުން. މީގެ ތެރޭގައި؛

 

-          ރާއްޖެއިން ބޭރުގައި އުޅެނިކޮށް މަރުވުން.

-          ސިޔާސީ/ޤުދުރަތީ ކާރިސާތަކާއިގުޅިގެން ދިވެހިންނަށް ނުރައްކާވެދާ ފަދަ ޙާލަތެއް މެދުވެރިވުން.

  1. މިނިސްޓްރީން "އެޓެސްޓް" ކުރުމަށް އެދި އެކިއެކި ފަރާތްތަކުން ހުށަހަޅާ ލިޔުންތައް، "އެޓެސްޓް" ކުރުމަށް ކަނޑައަޅާފައިވާ އުޞޫލްތަކާއި އެއްގޮތަށް ޢަމަލުކުރުން.
  2. ދިވެހިރައްޔިތަކަށް ވުމަށް އެދޭ ބީދެސީން އެކަމަށް އެދި މި މިނިސްޓްރީ އަށް ހުށަހެޅުމުން ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް އެމަސައްކަތް ކުރުން.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1-             ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، 'ސެކެންޑަރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މާޤާމް: މަސައްކަތު

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: އެސް.އެސް 2

މުސާރަ:3470.00 ރ.

ސަރވިސް އެލަވަންސް: 1000.00 ރ.       

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ސަޕޯޓް ކޯ އެލަވަންސް: 1200.00 ރ

މަޤާމުގެ ނަންބަރު:J-134664

ގިންތި: ދާއިމީ

މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ޑިވިޜަން/ ސެކްޝަން: އެޑްމިން ޑިވިޜަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މިނިސްޓްރީގެ އިމާރާތް ފޮޅާ ސާފުކުރުން. މީގެ ތެރެއިން:

-          މުވައްޒަފުންގެ ޑެސްކް ފޮޅާ ސާފުކުރުން

-          ކާޕެޓްތައް ވެކިއުމްކޮށް ސާފުކޮށް ބެލެހެއްޓުން

-          މިނިސްޓްރީގެ ސައިކޮޓަރިއާއި ތައްޓާއި ޖޯޑާއި ސަމްސާފަދަ ތަކެތި ސާފުތާހިރުކޮށް ބެލެހެއްޓުން

-          ސެކްޝަންތަކުގެ ޑަސްޓްބިންތައް ދުވަހުން ދުވަހަށް ހުސްކުރުން

  1. ކޮންމެ ދުވަހެއްގެވެސް އޮފީސްގަޑި ފެށުމުން ވީ އެންމެ އަވަސް ފުރުޞެއްގައި މީޓިންގ ރޫމްތައް ހުރީ ތައްޔާރަށްތޯ ބެލުން. އެހެނީ އޭސީ ޖެއްސުމާއި، ފެންފުޅި އަދި ބިއްލޫރިތަށި ހުރީ ވައްދާފައިތޯ ބަލާ ޗެކް ކުރުން.
  2. ރަސްމީ މަސައްކަތާއި ގުޅޭގޮތުން މުވައްޒަފުން ބުނާ ކަންތައް ކޮށްދިނުން
  3. މިނިސްޓްރީގައި ބާއްވާ މީޓިންގތަކަށް ކޮފީ، ޖޫސް އަދި ސައިފަދަ ތަކެތި ތައްޔާރުކޮށް ވައްދައިދިނުން
  4. މިނިސްޓްރީގައި ބާއްވާ ހަފްލާތަކަށް ބޭނުންވާ ކަންތައްތައް ކޮށްދިނުން
  5. މިނިސްޓްރީގެ ފާހާނާތައް ސާފުކޮށް ބެލެހެއްޓުން.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1-             ލިޔަން ކިޔަން އެގުން.

ނުވަތަ

2-             މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ހާސިލްކޮށް ފައިވުން

އިތުރު އިނާޔަތް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. މިނިސްޓްރީއިން ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން ރާއްޖޭން ބޭރުގައިވާ ގާއިމް ކުރެވިފައިވާ ދިވެހިރާއްޖޭގެ އެމްބަސީ ތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

ވަޒީފާ އަދާކުރައްވަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ވަޒީފާއަށް އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލޭނެ ކަންތައްތަށް:

(ޖީ.އެސް 3)

ތަޢުލީމާއި ތަމްރީން 38%

އިމްތިހާން (ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން) 5%

 މަސައްކަތުގެ ތަޖުރިބާ  14%

ލިބިފައިވާ ހުނަރު (އިންޓަވިއު/ އިމްތިހާން) 43%

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ

http://www.foreign.gov.mv/index.php/dv/mediacentre/iulaanވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 އޭޕްރީލް 2018 ވާ ހޯމަދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]އެވެ. ފެކްސް ނަންބަރަކީ، 3329178 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު އަދި އިމްތިޙާން އޮންނާނެ ތަނާއި މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ،  6މެއި 2018  އާއި 17 މެއި2018 އާ ދެމެދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޑެސްކް އޮފިސަރ

ތައުލީމާއި ތަމްރީން 50%

ތަޖުރިބާ 50%

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

ޑެސްކް އޮފިސަރ 30%

މަސައްކަތު 50%

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304168 / 3304184 އަށް ގުޅުއްވުން އެދެމެވެ.

އީމެއިލް ކުރެއްވާނީ [email protected]  އަށެވެ.

                       

 

‏16 އޭޕްރިލް‏ 2018

30‏ ރަޖަބު‏ 1439

16 އޭޕްރިލް 2018
ހޯދާ