ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ މަކުނުދޫ މަސްމާރުކޭޓްގެ މަސައްކަތާއި ގުޅޭ:

އިޢުލާން

ނަންބަރ: (IUL)270/INDIV/2018/15

 

ހދ މަކުނުދޫ މަސްމާރުކޭޓްގެ މަސައްކަތާއި ގުޅޭ:

ހދ މަކުނުދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މަސްމާރުކޭޓްގެ މަސައްކަތް، މަކުނުދޫ ކައުންސިލުން ހުށަހަޅާ ބީ.އޯ.ކިޔު އާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 19 އޭޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ 11.00 އަށް މަކުނުދޫ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 24 އޭޕްރީލް 2018  ވާ އަންގާރަ ދުވަހުގެ 11.00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއް ވުމަށް ދަންނަވަމެވެ.

ކުންފުންޏެއްގެ ފަރާތުން ނުވަތަ އެހެން މީހެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށް ނުވަތަ ބީލަން ހުށަހެޅުމަށް ހާޟިރުވާ ފަރާތްތަކުން އެމީހަކު ތަމްސީލް ކުރަނީ ކޮން ފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުމުގެ ބައްދަލްވުމަށް ހާޟިރުވެ ނުލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ވިޔަފާރި އުޞޫލުން ރަޖިސްޓްރީ ކޮށްފައިނުވާ، އެއްވެސް ފަރުދަކަށްވެސް، ކުންފުންޏަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރުމަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން ޕޮއިންޓް ދީގެން، އެންމެ މަތީ ޕޮއިންޓެއް ލިބިލައްވާފަރާތެވެ.

  1. ހުށަހަޅާފައިވާ އަގު ( 70 އިންސައްތަ )
  2. މިފަދަ މަސައްކަތްތައް ކުރުމުގެ ތަޖްރިބާ ( 10 އިންސައްތަ )
  3. މަސައްކަތް ފުރިހަމަ ކުރެވޭނެ މުއްދަތު ( 10 އިންސައްތަ )
  4. މިފަދަ މަސައްކަތް ކުރެވޭނެ ކަމުގެ މާލީ ޤާބިލުކަން ( 10 އިންސައްތަ )

ޝުކުރިއްޔާ

30 ރަޖަބު 1439

16 އޭޕްރީލް 2018

16 އޭޕްރިލް 2018
ހޯދާ