ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހއ.މުރައިދޫ އިންޖީނުގޭގެ ކޮންޓްރޯލް ރޫމް ބޮޑު ކުރުމުގެ މަސައްކަތާއި ގުޅޭ

ނަންބަރު: FNK-I/IUL/2018/056  

 

އިޢުލާން

 

ހއ.މުރައިދޫ އިންޖީނުގޭގެ ކޮންޓްރޯލް ރޫމް ބޮޑު ކުރުމުގެ މަސައްކަތާއި ގުޅޭ:

މި ކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތަށް ހއ.މުރައިދޫ އިންޖީނުގޭގެ ކޮންޓްރޯލް ރޫމް ބޮޑު ކުރުމުގެ އެންމެހާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ FNK-I/IUL/2018/043  އިޢުލާނަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް، ތިންވަނަ ފަހަރަށް މި ފުރުޞަތު ހުޅުވާލަމެއެވެ.  

 ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2018 އޭޕްރީލް 19 ވާ ބުރާސްފަތި ދުވަހުގެ 11:00 ހަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ހއ.މުރައިދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 އޭޕްރީލް 23 ވާ ހޯމަ ދުވަހުގެ 11:30 ހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ހއ.މުރައިދޫ ބްރާންޗަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

                               30 ރަޖަބް 1439

                  

16 އޭޕްރިލް 2018
ހޯދާ