މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް މެނޭޖަރ
ބޭނުންވާ އަދަދު :1

ނޯޓް: 

މި ކުންފުނީގެ ފަރާތުން މާމިގިލި އިންޓަނޭޝަނަލް ޕޯޓްގެ ޚިދުމަތް ދިނުމުގެ މަސައްކަތަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއެވެ.

މުސާރަ:

މަހަކު -/6580 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/5264 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

3،000ރ - 4،000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޝަން ދާއިރާއިން ޑިޕްލޮމާ ހާޞިލް ކޮށްފައިވުން

ނުވަތަ

- ޖީ.ސީ.އީ އޭލެވެލް ދެމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި އެކު ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 04 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- މާމިގިލި އިންޓަނޭޝަނަލް ޕޯޓްގެ މަސައްކަތް ކޯޑިނޭޓްކޮށް ބެލެހެއްޓުން.

- މާމިގިލި އިންޓަނޭޝަނަލް ޕޯޓްގެ ޚިދުމަތްތަކަށް ލިބޭ އާމްދަނީގެ ފައިސާ ދުވަހުން ދުވަހަށް ޖަމާކޮށްފައިވޭތޯ ބެލުމަށްފަހު، ރިޕޯޓް ތައްޔާރުކޮށް ޑިޕާޓްމަންޓް ވެރިޔާ އަށް ރިޕޯޓް ކުރުން.

- މާމިގިލި އިންޓަނޭޝަނަލް ޕޯޓްގެ އިދާރީ މަސައްކަތްތައް ރާވާ ބެލެހެއްޓުން.

- މާމިގިލި އިންޓަނޭޝަނަލް ޕޯޓްގެ އެހެނިހެން މަސައްކަތާއި މަސްޢޫލިއްޔަތު ރާވާ ހިންގުމަށް  ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ރޭވުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދުވާލަކު 08 ގަޑިއިރު

މަޤާމް :އެސިސްޓެންޓް އޮފިސަރ
ބޭނުންވާ އަދަދު :6

މުސާރަ:

މަހަކު -/5380 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/4304 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

2،000ރ - 3،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ޖީ.ސީ.އީ އޯލެވެލް ދެމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި ސާނަވީ އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން

ނުވަތަ

މިފަދަ ދާއިރާއެއްގައި މަދުވެގެން 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- މާމިގިލި އިންޓަނޭޝަނަލް ޕޯޓްގެ އެންމެހައި އިދާރީ، ޕްރޮކިޔުމަންޓް އަދި ހިއުމަން ރިސޯސްގެ މަސައްކަތްތައް ކުންފުނީގެ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުރުން.

- މި ކުންފުނިން ދެވޭ ޚިދުމަތްތަކަށް މި ކުންފުނިން ޓެރިފްއާއި އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ބަލައި ގަނެ ރަސީދު ދޫކުރުން އަދި ލިބޭ ފައިސާ ޑެއިލީ ރިޕޯޓް ނިމޭ ދުވަހުގެ ފައިސާ ޖެހިގެން އަންނަ ދުވަހު ބޭންކަށް ޖަމާކުރެވޭގޮތަށް ލިޔުންތައް ނިންމުން.

- ބޯޓު ފުރުވާލުމުގެ ކުރިން ބާލާ ކްލިއަރ ކުރެވޭ މުދާ އަދި ޓެލީ ކުރާ މުދަލަށް އެއްވެސް ގެއްލުމެއް ލިބިފައި ވޭތޯ ޗެކްކުރުން.

މަސައްކަތް ކުރަންޖެހޭ ވަގުތު:

 ދުވާލަކު 08 ގަޑިއިރު

މަޤާމް :އޮޕަރޭޓަރ (ކްރޭން/ފޯކްލިފްޓް)
ބޭނުންވާ އަދަދު :2

މުސާރަ:

މަހަކު -/4580 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3664 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

2،500ރ - 3،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 8 ގެ ފެންވަރު ހުރުން ނުވަތަ ދިވެހި އަދި އިނގިރޭސި ބަހުން ލިޔަން ކިޔަން އެނގުން.

- އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ކެޓަގަރީ V1 ގެ ކްރޭން އަދި ފޯކްލިފްޓް ދުއްވުމުގެ ލައިސަންސް އޮތުން.

- ގިނަ ވަގުތު މަސައްކަތު އުޅެވޭނެ ބުރަ މަސައްކަތް ކުރުމަށް ސިއްޚަތު ތަންދޭ ބޭފުޅުންނަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ސަރަޙައްދުގައި ގެންގުޅޭ އެއްގަމު އުޅަނދުފަހަރު އޮޕަރޭޓްކުރުން އަދި ވެހިކަލްސް ބަލަހައްޓައި މެއިންޓެއިން ކުރުން.

- ހުސްކޮންޓެއިނަރ އަދި ކޮންޓެއިނަރ ހޭންޑަލްކުރުން.

- ކޮންޓެއިނަރ އިން އަދި ލޮރީ ފަހަރަށް މުދާ ބަރުކޮށް ދިނުން.

- ބޯޓުން ބާލާ މުދާ ގުދަނަށް ވެއްދުމާއި ނެރެދިނުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

ދުވާލަކު 08 ގަޑިއިރު

މަޤާމް :ވިންޗްމަން
ބޭނުންވާ އަދަދު :1

މުސާރަ:

މަހަކު -/4580 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3664 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

3،000ރ - 4،000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 8 ގެ ފެންވަރު ހުރުން ނުވަތަ ދިވެހި އަދި އިނގިރޭސި ބަހުން ލިޔަން ކިޔަން އެނގުން.

- ވިންޗް އޮޕަރޭޓް ކުރުމުގެ ސެޓްފިކެޓް ލެވެލްގެ ކޯހެއް ފުރިހަމަ ކޮށްފައިވުން ނުވަތަ މިފަދަ ދާއިރާއެއްގައި މަދުވެގެން 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

- އުސްތަންތަނަށް އަރާ އެ ތަންތަނުގައި މަސައްކަތް ކުރެވޭނެ ފަދަ ޤާބިލު މީހެއް ކަމުގައިވުން.

- އެއްގަމާއި ކަނޑުމަތީ ގިނަ  ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ މީހެއް ކަމުގައި ވުން.

- އުމުރުން 35 އަހަރަށްވުރެ މަތީ މީހެއް ކަމުގައި ނުވުން.

- ފަތަން އިނގޭ ފަރާތެއް ކަމުގައި ވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ވިންޗް އޮޕަރޭޓްކުރުމާއި އަދި އެފަދަ އެހެން އިންޗީނުލީ އުޅަނދުފަހަރުތައް ބޭނުން ކޮށްގެން މަސައްކަތާއި ގުޅުން ހުރި އެންމެހައި މަސައްކަތް ކުރުން.

ބޯޓުން ބާލާ މުދަލާއި އަރުވާ މުދާ އެއްގަމުގައާއި ބަނޑުފަހަރުގައި ޖައްސާއިރު މުދަލަށް ނުވަތަ ބޯޓުގެ ވިންޗަށް އެއްވެސް ގެއްލުމެއް ނުލިބޭ ގޮތަށް ރައްކާތެރިކަމާއި އެކު މަސައްކަތްކުރުން.

 

 

މަސައްކަތް ކުރަންޖެހޭ ވަގުތު:

ދުވާލަކު 08 ގަޑިއިރު

މަޤާމް :ސެކިޔުރިޓީ ގާރޑް
ބޭނުންވާ އަދަދު :6

މުސާރަ:

މަހަކު -/4090 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3272 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

2،000ރ - 3،000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 8 ގެ ފެންވަރު ހުރުން ނުވަތަ ދިވެހި އަދި އިނގިރޭސި ބަހުން ލިޔަން ކިޔަން އެނގުން.

- ގިނަ ވަގުތު މަސައްކަތް ކުރެވޭ ސިއްޙީ ޤާބިލް ކަން ލިބިފައިވާ ފަރާތެއްކަމުގައި ވުން.

- އަދި އިދާރީ މަސައްކަތް ކުރަން އެނގުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- މާމިގިލި އިންޓަނޭޝަނަލް ޕޯޓްގެ ތަކެއްޗާއި އިމާރާތްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން.

- ގަޑިއަކު އެއްފަހަރު ބެލެހެއްޓުމަށް ހަމަޖެހިފައިވާ ސަރަޙައްދު ޕެޓްރޯލްކޮށް ޤަވާއިދާއި ޚިލާފަށް އެއްވެސް ކަމެއް ހިނގާނަމަ އެފަދަ ކަންތައްތައް ހުއްޓުވައި އެކަން ޑިއުޓީ ސުޕަވައިޒަރަށް ރިޕޯޓްކުރުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

މަޤާމް :ލޭބަރަރ
ބޭނުންވާ އަދަދު :6

މުސާރަ:

މަހަކު -/3840 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3072 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

2،000ރ - 3،000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 8 ގެ ފެންވަރު ހުރުން ނުވަތަ ދިވެހި އަދި އިނގިރޭސި ބަހުން ލިޔަން ކިޔަން އެނގުން.

- އުސްތަންތަނަށް އަރާ އެ ތަންތަނުގައި މަސައްކަތް ކުރެވޭނެ ފަދަ ޤާބިލު މީހެއް ކަމުގައިވުން.

- ބުރަ މަސައްކަތް ކުރެވޭ ފަދަ ސިއްޚަތު ރަނގަޅު މީހެއް ކަމުގައިވުން.

- ބޯޓުފަހަރާއި ބަނޑުފަހަރުން މުދާ ބޭލުމާއި އެރުވުމުގެ މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.

- އެއްގަމާއި ކަނޑުމަތީ ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ މީހެއް ކަމުގައި ވުން.

- އުމުރުން 35 އަހަރަށްވުރެ މަތީ މީހެއް ކަމުގައި ނުވުން.

- ފަތަން އިނގޭ ފަރާތެއް ކަމުގައި ވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ބަނދަރަށް އަންނަ ބޯޓު ފަހަރާއި އުޅަނދުފަހަރުން މުދާ / ކޮންޓައިނަރ އަރުވައި ބޭލުމުގެ އެންމެހައި މަސައްކަތް ކުރުން.

- ބޯޓުފަހަރަށް އަރުވާ އަދި ބާލާ ކޮންޓެއިނަރ އާއި މުދަލުގެ އަންލޭޝިންގ / ލޭޝިންގ ކުރުން.

- މަސައްކަތް ކުރުމުގައި މުދަލާއި ތަކެއްޗަށް ގެއްލުން ނުލިބޭ ގޮތަށް ފަރުވާތެރިކަމާއި އެކު މަސައްކަތްކުރުން.

- ސުޕަވައިޒަރުންގެ އިރުޝާދާއި އެއްގޮތަށް މުދަލަށް ސަމާލުވެ މަސައްކަތް ކުރުން.

މަސައްކަތް ކުރަންޖެހޭ ވަގުތު:

ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން:

މާމިގިލި އިންޓަނޭޝަނަލް ޕޯޓް (އދ.މާމިގިލި) / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި:

 2018 އެޕްރީލް 19 ވާ ބުރާސްފަތި ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

މަޤާމަށް އެދި ހުށަހަޅާ ފޯމު

ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ޕޮލިސް ރިކޯޑް ފޯރމް (01 މަސް ހަމަނުވާ)

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް އެދޭ ފޯމު މި ކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.                                        އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

* ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ތެރޭ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

                            29 ރަޖަބު 1439

15 އޭޕްރިލް 2018
ހޯދާ