ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ނަޖާތީގެ ފުރާޅު ޓިނުބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް

މިރަށު މަސްޖިދުލު ނަޖާތީގެ ފުރާޅު ޓީނު އަމިއްލަތަކެތީގައި ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                  ވީމާ މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 އޭޕްރީލް 2018 ވާ އާދީއްތަ ދުވަހު 11:00 ށް މި އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރުމަށްފަހު ، 01 މެއި 2018 ވާ އަންގާރަ ދުވަހުގެ 11:00 ށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                  މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ މިނިސްޓުރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ގެންނަންވާނެއެވެ. ބަދަލުގައި އެހެންފަރާތަކަށް ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.  މީގެ އިތުރުން ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓް ގެ ރަޖިސްޓުރީ ކޮޕީ ގެ އިތުރުން ވަޑައިގަންނަވާ ފަރާތެއްގެ އައިޑީ ކާޑް ކޮޕީ ހުށަހަޅުއްވަންވާނެއެވެ.  މައުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާ ފާރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަދެން ނެވީމެވެ.

                 މިހެންވެ ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

                  

15 އޭޕްރިލް 2018
ހޯދާ