ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ބާރަށު 3 މިސްކިތަށް ވޭޖު އެމްޕްލޯއީމަންޓްގެ ދަށުން މަސައްކަތު މީހުން ހޯދުމަށް

މިރަށު މަސްޖިދުއްޞަލާޙް މިސްކިތް، ފިރިހެނުންގެ ކުޑަމިސްކިތް، އާޘާރީ މިސްކިތް، މި 03   މިސްކިތައް  މަސައްކަތު ވޭޖު އެންޕްލޯއިމަންޓްގެ ދަށުން  މަސައްކަތް ކޮށްދެއްވާނެ މީހުން ބޭނުންވެއްޖެއެވެ. އަދި  މިކަމަށް މީގެ ކުރިން ކުރި ނަމްބަރު: (IUL)257/257/2018/9  ( 6 މާރިޗު 2018 ) އިއުލާން ގެޒެޓް ކުރެވިފައި ނުވާތީ ، 10 އޭޕްރީލް 2018 ގައި ވަނީ ބާޠިލު ކުރެވިފައެވެ.  

 

މަޤާމު:      މަސައްކަތު       ( މަޤާމުގެ ނަމްބަރ: - )

ބޭނުންވާ ޢަދަދު:       06     

މަސައްކަތް ކުރާތަން:      ހއ. ބާރަށު މިސްކިތްތައް

އުޖޫރަ:               މަސައްކަރްކުރާ ގަޑިއަކަށް 40/-  ރުފިޔާ

ސަރވިސް އެލަވަންސް:   ނެތް           *  އިތުރު ގަޑިއާއި، ބަންދު ދުވަހުގެ ފައިސާ: ނެތް

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯރޓް ސްޓާފް ގުރޭޑް 1

މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު:

 

  1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

 

                   މި މަގާމަށް މީހުން ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

އައިޑީ ކާޑް ( ކިޔަން އެގޭސާފް ) ކޮޕީ

 

 

 

ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ( އެކްރެޑިޓް ކޮށްފައިވާ އަދި އަޞްލާ  އެއްގޮތްކަމުގެ ތައްގަޑު ޖައްސަވައި ވެރިޔެއްގެ ސޮއި ކުރައްވާފައިވާ ) ކޮޕީ

ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓް ގެ ކޮޕީ

 

 

ވަޒީފާއެއްގައި އުޅެފައިވާނަމަ އެވަޒީފާއެއްގައި އުޅުނުކަމުގެ ލިޔުން

ތަކެތި ހުށަހަޅަންޖެހޭ އޮފީސް: ހއ. ބާރަށު ކައުންސިލްގެ އިދާރާ           

ތަކެތި ހުށަހެޅުމުގެ ސުންގަޑި: 18 އޭޕްރީލް 2018 ވާ ( ބުދަ  ) ދުވަހުގެ 13.00 ގެ ކުރިން  

         

         24 ރަޖަބު     1439                 

         10 އޭޕްރީލް    2018 

 

                                                     

 

                                                             ޢަލީ ޝަމީމް

                                      ކައުންސިލްގެ ރައީސް

 

 

 

10 އޭޕްރިލް 2018
ހޯދާ