މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބޭނުމަށް 03 އެސްކެވޭޓަރ އަދި 04 ޑަމްޕް ލޮރީ އޮޕަރޭޓަރުންނާއިއެކު ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބޭނުމަށް 03 އެސްކެވޭޓަރ އަދި 04 ޑަމްޕް ލޮރީ އޮޕަރޭޓަރުންނާއިއެކު 03 ދުވަހަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

އެސްކެވޭޓަރ އަދި ޑަމްޕް ލޮރީގެ ސްޕެސިފިކޭޝަން:

  1. އެސްކެވޭޓަރ (ސައިޒް: 80އިން ފެށިގެން 220 ޓަނާއި ދެމެދު)
  2. ޑަމްޕް ލޮރީ (ސައިޒް: 10 ނުވަތަ 25 ޓަނުގެ)

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އެޕްރީލު 14 ވާ ހޮނިހިރު ދުވަހުގެ 14:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.   

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ގުޅުއްވުން އެދެމެވެ.

13 އޭޕްރިލް 2018
ހޯދާ