ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ނ.އަތޮޅު ހޮސްޕިޓަލްގެ އެންރޯލްޑް ނާރސް ކަމުގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް

މަޤާމް :އެންރޯލްޑް ނާރސް/ ނ.އަތޮޅު ހޮސްޕިޓަލް
ބޭނުންވާ އަދަދު :1

ނ.އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް  ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

 

މަޤާމު

އެންރޯލްޑް ނާރސް

މަޤާމުގެ ނަންބަރު

J-253378

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް 4

މަޤާމުގެ ކްލިސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޑިވިޜަން/ސެކްޝަން

ނާރސަސް ޑިޕާޓްމަންޓް

މަޤާމްއޮތް އޮފީސް

ނ.އަތޮޅު ހޮސްޕިޓަލް

ވަޒީފާއަދާކުރަންޖެހޭތަން

ނ.އަތޮޅު ހޮސްޕިޓަލް

މުސާރަ

 5020.00 ރުފިޔާ

ސާރވިސްއެލަވަންސް

 2500.00 ރުފިޔާ

އިތުރު  އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލްސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެމަތީން މަސައްކަތު ނުކުންނަކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

1-      ހޮސްޕިޓަލްގެ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.

2-      ވޯޑެއް ނުވަތަ އެފަދަ ނާރސިންގ ޔުނިޓެއް އެކަށީގެންވާ ފެންވަރަކަށް ހިންގުން.

3-      ނާރސިންގ ޕްރޮޓޯކޯލްއާއި އެއްގޮތްވާ ގޮތުގެމަތިން ނާރސިންގ ކެއަރ ދިނުން.

4-      ޑޮކްޓަރުގެ އޯޑަރުތަކަށް ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުން.

5-      ޑިޔުޓީ އިންޗާރޖެއްގެ ގޮތުން މަސައްކަތް ކުރުން.

6-      ނާރސިންގ ޕޮލިސީ ރޭވުމާއި ހިންގުމުގައި ނާރސިންގ ޑިޕާރޓްމަންޓްގެ އިސްވެރިންނަށް އެހީތެރިވުމާއި ނާރސިންގ ސާރވިސަސް އާއި ބެހޭ ކަންތައްތައް ހިނގާ ނުހިންގާގޮތް ބެލުމުގައި ސްޕަރވައިޒަރަށް އެހީތެރިވުން.

7-      ހޮސްޕިޓަލްގެ ސާފްތާހިރުކަން ދެމެހެއްޓުމާއި ޔުނިވަރސަލް އިންފެކްޝަން ޕްރޮޓޮކޯލްއަށް ޙުރުމަތްތެރިކޮށް ހިތުން.

8-      މެދުކެނޑުމެއްނެތި ބަލިމީހުންނަށް ބޭނުންވާ ފަރުވާ ހިއްސާކޮށް ފަރުވާ ދިނުމުގެ ޕްރޮގްރާމް ރާވާ ދެވުނު ފަރުވާގެ ނަތީޖާ ބަލާ ރަނގަޅު ބަދަލްތައް ގެނައުމަށް މަސައްކަތް ކުރުން.

9-      ބަލިމީހުންނަށް ރަގަޅު ފުރިހަމަ ނާރސިންގ ކެއަރ ދިނުމާއި އަދި މިކަމުގައި އިޙްސާންތެރިކަމާއިއެކު އޭނަގެ ޖިސްމާނީ ނަފްސާނީ އަދި އިޖްތިމާޢީ ބޭނުންތަކަށް ރައްކާތެރިވުން.

10-  ޑިޔުޓީގައި ހޮސްޕިޓަލަށް ގެންނަ މާބަނޑުމީހުން ޑެލިވަރ ކުރުމުގައި އެހީތެރިވުމާއި އެބްނޯމަލް ކޭސް އެއްނަމަ ސީނިއަރ ނަރުހަކަށް ރިފަރކޮށް ޑޮކްޓަރަށް ބަލިމީހާގެ މަޢްލޫމާތު ދިނުން.

11-  ބްލަޑް ބޭންކް، މާބަނޑު މީހުންގެ ކްލިނިކް އަދި ކުޑަކުދިންގެ ކްލިނިކްތައް ހިންގުމުގައި ބައިވެރިވުން.

12-  ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުންނާއި ހޮސްޕިޓަލްގެ އެކިއެކި ބޭނުންތަކަށް އަންނަ މީހުންނާއި އެހީތެރިކަން ލިބެންޖެހޭ ފަރާތްތަކާއި ގުޅުވައި ދިނުން.

13-  ބަލިމީހުންގެ ރެކޯރޑް އަދި ރިޕޯރޓް ބެލެހެއްޓުމާއި އަދި މީހެއްގެ ޙާލުބޮޑުވެއްޖެނަމަ ޑޮކްޓަރަށް ރިޕޯރޓްކޮށް ޑޮކްޓަރސް އޯޑަރގެ ދަށުން މަސައްކަތް ކުރުން.

14-  ބަލިމީހުންނާއި އެހީތެރިންނަށް ބައްޔާއިބެހޭ ގޮތުން ޑޮކްޓަރުގެ ލަފާގެމަތިން އިރުޝާދު ދިނުން

15-  އޮޕަރޭޝަން ތިއޭޓަރާއި ލޭބަރ ރޫމްގައި ކުރެވޭ އެކިއެކި އޮޕަރޭޝަން ތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

16-  ހޮސްޕިޓަލަށް ޚިދްމަތް ހޯދުމަށް އަންނަ މީހުންނަށް ޞިއްޙީ އިރުޝާދު ދިނުމާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ހިންގާ ޞިއްޙީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމް ތަކުގައި ބައިވެރިވުން.

17-  ޑިއުޓީގަޑީގައި ހިނގާ އާދަޔާ ޚިލާފު ކަންތައްތައް ނާރސް އިންޗާރޖް އަށް ރިޕޯރޓްކުރުން.

18-  ވޯޑްގައި ބަލިމީހުން އެޑްމިޓްކުރުމުގައާއި ޑިސްޗާރޖް ކުރުމުގައި ހޮސްޕިޓަލްގެ ޤަވާޢިދާ އެއްގޮތަށް ޢަމަލްކުރުން.

19-  ހޮސްޕިޓަލުން ކަނޑައަޅާ އުޞޫލާއި އެއްގޮތަށް ރިފަރކުރެވޭ ބަލިމީހުންނާއިއެކު ދަތުރު ކުރުން. އަދި ރިފަރކުރެވޭ ބަލިމީހުންނާއިއެކު ގެންދާ އިކްވިޕްމަންޓްސް އާއި ތަކެތި ހަމަޔަށް ހޮސްޕިޓަލަށް ގެނައުން.

20-  ބަލިމީހާ ޑޮކްޓަރަށް ހުށަހަޅާ މައްސަލަތައް ޑޮކްޓަރަށް އޮޅުންފިލުވައި ދިނުމާއި، ޑޮކްޓަރ ބަލިމީހާއަށް އަންގާ ދިނުމަށް ވިދާޅުވާ ކަންތައްތައް ބަލިމީހާއަށް އަންގާ ދިނުން.

21-  ބަލިމީހާއަށް ޑޮކްޓަރ ލިޔެދެއްވާ ބޭސްސިޓީ ލިޔުމުގަޔާއި އަދިވެސް މިފަދަ ކަންކަމުގައި ޑޮކްޓަރާއި އެހީވުން.

22-  އާސަންދަގެ ދަށުން ހަމަޖައްސަންޖެހޭ ލިޔެކިޔުންތައް ފުރިހަކުރުން.

23-  ހޮސްޕިޓަލް އިންފޮރމޭޝަން ސިސްޓަމް ދުވަހުން ދުވަހަށް އަޕްޓޭޑް ކުރުމުގައި ބައިވެރިވުން.

24-  މެޑިކަލް ރެކޯރޑްސް ތައްޔާރުކުރުމުގައި އެހީތެރިވުން.

25-  އެޓެންޑެންޓުން ލައްވާ ވޯޑްތެރެ ސާފްކުރުމުގައި އެހީތެރިވުމާއި އެމީހުންގެ މަސައްކަތް ސްޕަރވައިޒްކުރުން.

26-  ބަލިމީހުންގެ ޔުނިޓް ސާފްތާހިރުކޮށް ބެލެހެއްޓުން.

27-  ކަނޑައެޅިފައިވާ ގޮތުގެ މަތިން ޑިޔުޓީ އަދާކުރުން. އަދި ނުރަސްމީގަޑިތަކުގައި ނާރސް އިންޗާރޖް ނުވަތަ އޮފީހުން އަންގަވާގޮތެއްގެމަތިން ކޯލް ޑިޔުޓީއަށް ނުކުތުން.

28-  ޑިއުޓީ އިންޗާރޖެއްގެ ޒިންމާ އަދާކުރުން.

29-  ކަނޑައެޅިފައި ޑިޔުޓީގަޑީގައި ޝިފްޓް އިންޗާރޖް ޙަވާލުކުރާ ހޮސްޕިޓަލްގެ ނަރުހުންގެ ދާއިރާގެ އެންމެހާ ކަންތައްތައް ކުރުން.

30-  ބޭނުންވާ އިކްވިޕްމަންޓް ފަދަ ތަކެތި އޮޓޯކްލޭވް ކުރުމާއި، އޯޓީ، ލޭބަރރޫމް، ޑްރެސިންގ ރޫމް، ވޯރޑްތަކަށް ބޭނުންވާ ތަކެތި ތައްޔާރުކުރުން.

31-  ވޯޑްތަކުގައި ހުންނަ އިކްވިޕްމަންޓްތައް ބަލަހައްޓާ އެތަނުގައި ހުރިނެތް ތަކެތިބަލާ އަދި މަދުވާ ތަކެތި ހަމަކުރުން. ވޯޑް އިމަރޖެންސީ ސްޓޮކް ބެލެހެއްޓުމުގައި ނަރުހުންނަށް އެހީތެރިވުން.

32-  ޞިއްޙީ ޚިދްމަތް ފޯރުކޮށް ދިނުމުގެ ގޮތުން އަތޮޅުގެ ރަށްތަކަށް ކުރާ ދަތުރުތަކުގައާއި ވެކްސިން ދަތުރުތަކުގައި ބައިވެރިވެ ޙަރަކާތްތެރިވުން.

33-  ބަލިމީހުންގް ސިއްރުތައް ރައްކާތެރިކޮށްދިނުމާއި ސިއްރުތައް ހިފެހެއްޓުން.

34-  ފޯންކޯލްތަކަށް ރީތިބަހުން ޖަވާބުދާރީވުމާއި، ޚިދްމަތްތެރިގޮތެއްގައި ފޯނުގެ ޚިދްމަތް ފޯރުކޮށްދިނުން

35-  ކޮމިޔުނިކޭބަލް ޑިޒީޒް ރިޕޯރޓް ތައްޔާރުކޮށް ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން.

36-  ބަލިމީހުންނަށް ފަރުވާދިނުމަށް ބޭނުންކުރާ މެޝިނަރީތަކާއި އިކްވިޕްމަންޓްފަދަ އެއްޗެތި ހަލާކުވެ ނުވަތަ ފުރިހަމަޔަށް މަސައްކަތްނުކުރާނަމަ އެކަން ޝިފްޓް އިންޗާރޖް އާއި ނާރސް އިންޗާރޖްއަށް އެންގުން.

37-  އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަން ދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާގޮތެއްގެމަތިން ކުރުން.

38-  ހޮސްޕިޓަލްގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމާއި އަދި އެހެނިހެން ސެކްޝަންތަކުން ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން.

39-  ހޮސްޕިޓަލްގެ ޢާއްމުއުޞޫލުތަކާއި، ޤަވާޢިދުތަކަށް ޢާއްމުން އިޙްތިރާމް ކުރުމަށް ބާރުއަޅާ އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން.

މަޤާމްގެ ޝަރުޠުތައް

 

ސަރުކާރު ގަބޫލުކުރާ އިންސްޓިޓިއުޓެއްގައި ނާރސް އެއިޑް ކޯސް ފުރިހަމަކޮށްފައިވުން ނުވަތަ އެޑްވާންސް ސެޓްފިކެޓް އިން ނާރސިންގ ކޯސް ފުރިހަމަކޮށް، ސެޓްފިކެޓް ހާސިލްކޮށްފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށްއެދެންވީގޮތާއި،ސުންގަޑި

ވަޒީފާއަށް އެދޭފޯމް ނ.އަތޮޅު ހޮސްޕިޓަލުން ލިބެންހުންނާނެއެވެ.މަޤާމަށްއެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 25 އެޕްރީލް 2018 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން ނ.އަތޮޅު ހޮސްޕިޓަލަށެވެ. އެޕްލިކޭޝަންފޯމާއެކު ހުށަހަޅަންޖެހޭހުރިހާލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަންބާތިލްވާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

މިމަޤާމަށް މީހަކުހޮވުމާބެހޭ އިންޓަވިއުއޮންނާނީ 26 އެޕްރީލް 2018 އާއި 10 މެއި 2018 އާދެމެދު ނ.އަތޮޅު ހޮސްޕިޓަލްގައެވެ. މިވަޒީފާއަށް ކުރިމަތިލާފަރާތްތަކުން އެތާރީޚްގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުންއެދެމެވެ.

ޝޯޓްލިސްޓްކުރުން

މިވަޒީފާއަށްއެދި ހުށަހަޅާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ ތައުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި ވަޒީފާއަށްކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިންމާކްސްލިބޭ 10 ފަރާތްޝޯޓްލިސްޓްކުރެވޭނެއެވެ.

 

 

 

މަޤާމަށް މީހުންހޮވުމަށް

ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާބަޔަކަށް އެންމެދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ

 

 

%30 (ތިރީސް އިންސައްތަ)

އިތުރުމަޢުލޫމާތު

މިއިޢުލާނާއި ގުޅިގެންމަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ ރަސްމީގަޑީގައި 6560037 ނަންބަރު ފޯނާއެވެ. 

12 އޭޕްރިލް 2018
ހޯދާ