މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
އެކަޑަމިކް ޑިރެކްޓަރ

   މަޤާމް:                   ޑިރެކްޓަރ

   މަޤާމްގެ ނަންބަރ:             J-280437

   ބޭނުންވާ އަދަދު:              01 (އެކެއް)

   މަޤާމްގެ ގިންތި:              ދާއިމީ

   ރޭންކް:                   އީ.އެކްސް 1

   ކްލެސިފިކޭޝަން :             ޓެކްނިކަލް ޑިރެކްޓަރ

   ސެކްޝަން:                 އެކަޑަމިކް އެޑްމިނިސްޓްރޭޝަން ސެކްޝަން

   މަޤާމް އޮތް އޮފީސް:            މޯލްޑިވްސް ޕޮލިޓެކްނިކް

   ވަޒީފާ އަދާކުރަންޖެހޭ ތަން:        މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

   ރަސްމީ ގަޑި:                ހަވީރު 4ން ރޭގަނޑު 10އަށް

   މުސާރަ :                  -/8,835 ރުފިޔާ

   ސަރވިސް އެލަވަންސް:          -/2،000 ރުފިޔާ

   ސަޕޯޓިންގ ކޯ އެލަވަންސް:        -/1100 ރުފިޔާ   

   އިތުރު އިނާޔަތްތައް:             1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހެފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

                           2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                           3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

1- މޯލްޑިވްސް ޕޮލިޓެކްނިކްގެ ކިޔަވައިދިނުމާއިގުޅޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.

2- މޯލްޑިވްސް ޕޮލިޓެކްނިކްގެ ކިޔަވައިދިނުމާށް ބޭނުންވާ ކޮންޒިއުމަބަލްސް ލިސްޓް އެކުލަވައިލުން.

3- މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގުމަށް ކަނޑައެޅޭ ކޯސްތަކަށް ބޭނުންވާ އިކުއިޕްމަންޓްސް އަދި މެޝިނަރީސް ދެނެގަތުން.

4- މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގޭ ކޯސްތައް ހަރަދުކުޑަ ގޮތެއްގައި ރާވައި ހިންގުން.

5- މޯލްޑިވްސް ޕޮލިޓެކްނިކަށް ވެއްދޭ ދަރިވަރުންނަށް ކިޔެވުމަށް ބޭނުންވާ ސަޕޯޓްދީ، އެދަރިވަރުން ފެއިލްވިޔަނުދީ ދަސްވެނިވުމަށް ބާރުއަޅާ އެހީތެރިވެދިނުން.

6- މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގޭ ކޯސްތަކުގެ އެކަޑަމިކް ރިކޯޑްސް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.

7- މޯލްޑިވްސް ޕޮލިޓެކްނިކްގައި ކިޔަވައިދެވޭ އެންމެހައި ޕޮރްގްރާމްތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް ބެލެހެއްޓުން.

8- މޯލްޑިވްސް ޕޮލިޓެކްނިގައި ކިޔަވައިދެވޭ ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމަށް މަސައްކަތްކުރުން.

9- މޯލްޑިވްސް ޕޮލިޓެކްނިކާއި ދިވެހި ސިނާއަތްތަކާއި އޮންނަގުޅުން ހަރުދަނާކޮށް ބަދަހިކުރުން.

10- މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގުމަށް ކަނޑައެޅޭ ކޯސްތަކަކީ ގައުމަށް އެންމެ މުހިންމު ޓްރޭޑްތަކުގެ ކޯސްތައްކަން ކަށަވަރުކުރުން.

11- މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަރިވަރުން ކިޔެވުމަށް ބޭނުންވާ އަމަލީ ތަޖުރިބާ ހޯދުމުގެ އެންމެހައި މަސައްކަތްތައް ކުރުން.

12- މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ރޭވޭ ފީލްޑް ޓްރިޕްތައް ރޭވުމުގައި ދަރިވަރުންގެ ސަލާމަތާއި ރައްކަތެރިކަމަށް އިސްކަންދިނުމާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދަރިވަރުން ދަތުރު ދިޔުމަށް ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް ދަތުރުތައް އިންތިޒާމުކުރުން.

13- ލެކްޗަރަރއިން ކިޔަވައިދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

14- ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ މޯލްޑިވްސް ޕޮލިޓެކްނިކްގެ ކެމްޕަސްތަކާއި، އައުޓްރިޖް ލަރނިން ސެންޓަރތަކުގައި ހިންގޭ ޕްރޮގްރާމްތަކުގެ އެކަޑަމިކް ހަރަކާތްތައް މޮނިޓަރކޮށް ބެލެހެއްޓުން.

15- މޯލްޑިވްސް ޕޮލިޓެކްނިކްގައި ގާއިމްކުރެވިފައިވާ ބޯޑްތަކާއި ކޮމެޓިތަކަށް ބޭނުންވާ އެހީތެރިކަން ވަގުތުން ވަގުތައް ފޯރުކޮށްދިނުން.

16- މޯލްޑިވްސް ޕޮލިޓެކްނިކަކީ އާންމުންގެ މެދުގައި މަގްބޫލް އިންސްޓިޓިއުޓަކަށް ހެދުމަށްޓަކައި ބޭނުންވާ އެންމެހައި މަސައްކަތްތައް ކުރުން.

17- މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގޭ ޕްރޮގްރާމްތައް ރާއްޖެއާއި ރާއްޖޭންބޭރުގެ ޕޮލިޓެކްނިކް، ކޮލެޖް،ޔުނިވަރސިޓީތަކުން ގަބޫލްކުރާ ޕްރޮގުރާމްތަކަކަށް ހެދުމަށް މަސައްކަތްކުރުން.

18- މޯލްޑިވްސް ޕޮލިޓެކްނިކް ހިންގުމަށް ކަނޑައަޅާފައިވާ މެންޑޭޓްގެ ތެރެއިން ކިޔަވައި ދިނުމާއި ގުޅުންހުރި ހަރަކާތްތައް ތަންފީޒުކުރުން.

19- ދަރިވަރުންގެ އެޓެންޑެންސް އާއި ފީޑްބެކް ރިޒަލްޓް އަދި އޮންލައިން ކޯސްތައް މޮނިޓަރކުރުން.

20- ވޯކްޝޮޕް/ލެބް އަދި އތަންތަނުގެ ތަޅުދަނޑިތައް މޮނިޓަރކޮށް ބެލެހެއްޓުން.

21- މެންދުރުފަހު ދަންފަޅީގެ މުވައްޒަފުން/ދަރިވަރުންގެ ކަންތައްތައް މޮނިޓަރކޮށް ބެލެހެއްޓުން.

22- ކްލާސްތަކާއި ކްލާސްތަކަށް ހާޒިރުނުވާ ދަރިވަރުންގެ ހާޒިރީއާއި އެކްސްޓްރާ ކްލާސްތަކާއި ޓެސްޓް ޕޭޕަރތަކާއި އެކަޑަމިކް ޑިޕާރޓްމެންޓްގެ އެންމެހާ ކަންތައްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން. 

23- ވެރިން އަންގާ ރަސްމީ މަސައްކަތް ކުރުން.

 

ޝަރުތު:                                                 

1. ބިޒްނަސް މެނޭޖްމެންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/އެޑިޔުކޭޝަން މެނޭޖްމެންޓް/އެޑިޔުކޭޝަން އެޑްމިނިސްޓްރޭޝަން /އެޑިޔުކޭޝަން ލީޑަރޝިޕް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ބިޒްނަސް މެނޭޖްމެންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/އެޑިޔުކޭޝަން މެނޭޖްމެންޓް/އެޑިޔުކޭޝަން އެޑްމިނިސްޓްރޭޝަން /އެޑިޔުކޭޝަން ލީޑަރޝިޕް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މޯލްޑިވްސް ޕޮލިޓެކްނިކްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ  www.csc.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ 22 އޭޕްރިލް 2018 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޕޮލިޓެކްނިކްގެ ކައުންޓަރަށެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއުއާއި ޕްރެކްޓިކަލް:

މި މަޤާމުގެ އިންޓަވިއު އާއި ޕްރެޒެންޓޭޝަން، އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ، މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.

ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

30%

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކްގެ 3305469 / 3305401 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

12 އޭޕްރިލް 2018
ހޯދާ