މާޅެންދޫ ސްކޫލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝިއަން ( ވަގުތީ )

`

 

 

މާޅެންދޫ ސްކޫލް 

 ނ. މާޅެންދޫ                                                                     ނަމްބަރ:GS114/2018/07-IUL

އިޢުލާން

 

 

 

ވަޒީފާގެ ފުރުޞަތު:

މިމަދަރުސާއަށް މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ކޮމްޕިއުޓަރ ޓެކްނީޝިއަން

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމްގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ

މުސާރަ:

-/5610 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:

ނ.މާޅެންދޫ ސްކޫލް

މަޤާމުގެގިންތި:

ކޮންޓްރެކްޓް ) 1 އަހަރު)

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:

ނ.މާޅެންދޫ ސްކޫލް

 

 

 

މަޤާމުގެޝަރުތު

1.މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ

4 . މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު

 

1. ކޮމްޕިއުޓަރ ސިސްޓަމް، ޕްރިންޓަރ، ޕްރޮޖެކްޓަރ، ސައުންޑް ސިސްޓަމް، ފަދަ ތަކެތީގެ ސްޓޭޓަސް ބެލުމާއި މެއިންޓެއިން ކުރުން

2. ކޮމްޕިއުޓަރ ނެޓްވޯކް ރަގަޅަށް ބެލުމާއި ދިމާވާ އެންމެހައި މައްސަލަތައް ހައްލުކުރުން

3. ކޮމްޕިއުޓަރގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެއްޓުން.

4. ސްކޫލްގެ ސާރވަރ ދިމާވާ މައްސަލަތައް ހައްލުކޮށް ރަގަޅަށް ބެލެހެއްޓުން.

5. އެޓެންޑެންސް މެނޭޖްމަންޓް ސިސްޓަމް ބެލެހެއްޓުމާއި މެއިންޓެއިން ކުރުން.

6. ފޯނު ލައިންތަކުގައި އެއްވެސް މައްސަލައެއްޖެހިއްޖެނަމަ ހައްލުކޮށް ބެލެހެއްޓުން.

7. ސައުންޑް ސިސްޓަމް، ބެލްސިސްޓަމް މެއިންޓެއިންކޮށް ބެލެހެއްޓުން.

8. ކްލާސްތަކުގައި ބަހައްޓާފައިވާ ސްމާޓްބޯޑުތަކާއި ސިސްޓަމް މެއިންޓެއިންކޮއް ބެލެހެއްޓުން.

9. ސްކޫލްއިން ބޭނުންވެއްޖެ ހިދެއްގައި ކޮމްޕިއުޓަރާއި ޕްރިންޓަރ އާއި އެފަދަ ތަކެތީގެ ސްޕެސިފިކޭޝަން ތައްޔާރުކުރުން.

10. މުވައްޒަފުންނަށް  ބޭނުންވާ ޔޫޒަރ އެކައުންޓާއި – އީމެއިލް ކްރިއޭޓްކުރުން.

 

އުޖޫރަ އާއި އިނާޔަތްތައް

  • އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ ހަމަޖެހިފައިވާ ގަވާއިދުން އިތުރު ގަޑީގެ ފައިސާ
  • ސިވިލްސަރވިސްގެ މުވައްޒަފުންނށް ސިވިލްސަރވިސްއިން ކަނޑައަޅުންވައިފައިވާ އެލަވަންސް، އާއި ޢިނާޔަތްތައް.

 

އެންމެ ޤާބިލުމީހަކު މީހުންހޮވުމުގައިބަލާނެ ކަންތައްތައް

  • ވަޒީފާގެ މަސައްކަތާއިގުޅޭ ގޮތުން ލިބިފައިވާ ހުނަރާއި ތަޖުރިބާ
  • ކޮމްޕިއުޓަރު ބޭނުންކޮށްގެ މަސައްކަތްކުރަން ދަންނަ މިންވަރު
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް

1-      ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ސިވިލްސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް)

2-      ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ(އެކްރިޑެޓްކޮށްފައިވާ(

3-      ސަރުކާރުގެ ނުވަތަ ސިވިލްސަރވިސް އަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން

4-      ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

5-      ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

6-      ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

        (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

        (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

ސުންގަޑި

މި ވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ސިޓީ އާއި އެކު ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު 22 އޭޕްރީލް 2018 ވާ އާދިއްތަ ދުވަހުގެ މެންދުރު 12.00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަވިއުކު ކުރުން އޮންނާނީ އިޢުލާންގެ މުއްދަތު ހަމަވާތާ ރަސްމީ 3 ދުވަހުގެ ތެރޭގައެވެ.  

 

އިތުރުމަޢުލޫމާތު

މަޢުލޫމާތު ހޯއްދެވުމަށް ގުޅުންވާނީ 6560575  ފޯނާއެވެ.

މި މަޤާމަށް އިންޓަވިއުކުރެވޭނީ ޝަރުތުހަމަވާ ފަރާތްތަކާއެވެ.

 

26 ރަޖަބް 1439 ހ.

 

 

 

 

12 އޭޕްރިލް 2018
ހޯދާ