ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު ދިވެހިރާއްޖެ ނަމްބަރ: (IUL)331/331/2018/14
އިޢުލާން
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާއަށް ޕިކަޕެއް ގަންނަން ބޭނުންވެއްޖެ
މިކައުންސިލްގެ އިދާރާއަށް 1.5 ޓަނުގެ ޕިކަޕެއް ގަންނަން ބޭނުންވެގެން ކުރި ނަމްބަރ: (IUL)331/331/2018/12 އިޢުލާންއާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށްއަލުން،kg750 ޕިކަޕެއް ގަންނަން އިޢުލާންކުރަމެވެ.
ވީމާ މިކައުންސިލްގެ އިދާރާއަށް ޕިކަޕް ވިއްކުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2018 އެޕްރީލް 22 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މިކައުންސިލްގެ އިދާރާގައި ބާއްވާ މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2018 އެޕްރީލް 30 ވަނަ ދުވަހުގެ 11:00 ށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން އަގު ބަޔާންކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.