ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.އަތޮޅުކައުންސިލް އިދާރާގެ އުޅަނދު ފަހަރުތަކަށް ބޭނުންވާ ޕެޓްރޯލް ސަޕްލައިކޮށްދޭނެފަރާތެއް ހޯދުން

                                                                 ނަންބަރ: (IUL)241-B/241/2018/1

 

             އިއުލާން

 

މިއިދާރާގެ އުޅަނދު ތަކަށް ބޭނުންވާ ޕެޓްރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

                    

                     މިއިދާރާގެ އުޅަނދުތަކަށް ބޭނުންވާ ޕެޓްރޯލް ވިއްކުމަށް އެދޭ ފަރާތްތަކުން 19 އެޕްރީލް 2018 ވާ ބްރާސްފަތި  ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑއިގެން މައުލޫމާތު ސާފްކުރުމަށްފަހު އެކަން ކޮށްދެވޭނެ އަގެއް ބަޔާންކޮށް މި ޚިދްމަތް ދިނުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް 23 އެޕްރީލް  2018 ވާ ހޯމަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހަޅާ ޕްރޮޕޯސަލްގައި ތިރީގައި މިދަންނަވާ ކަންތައްތައް ފުރިހަމަވެފައި ހުންނަން ވާނެއެވެ.

1-      ޕެޓްރޯލް ލިޓަރެއް ވިއްކާނެ އަގު

2-      ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެން ޚިދްމަތް ދިނުމުގައި އަމަލުކުރާނެގޮތް

3-      ފައިސާ ދެއްކުމަށް އެދޭގޮތް: ( ފައިސާ ދެއްކުމުގައި ދެވިދާނެ ލުއިފަސޭހަތައް )

4-      މެދުނުކެނޑި ސަޕްލައި ލިބެންހުންނާނެ ކަމުގެ ގެރެންޓީ ( ހުށަހަޅާ ފަރާތުން ޚިދްމަތް ދިނުމުގައި ސްޓޮކް ހުސްވެއްޖެނަމަ ސަޕްލައި ކޮށްދިނުމަށް ހަމަޖައްސާގޮތް )

5-      ތެޔޮ ވިއްކާ ފަރާތުގެ ރަޖިސްޓްރީ އާއި ލިބިފައިވާ ހުއްދަތަކުގެ ކޮޕީ

6-      ތެޔޮ އަޅައިދިނުމުގައި ދޭނެލުއިފަސޭހަތައް ( އުޅަނދު އޮންނަ ބަދަނރަކަށް ވެހިކަލެއްގައި ތެޔޮ ގެންގޮސް ދިނުން ފަދަ )

7-      ޓެކްސް ކްލިއަރެންސް ރިޕޯޓް

             

                      މިއިދާރާއިން ހަމަޖައްސާފައިވަނީ މި އިއުލާނާއި ގުޅިގެން ހޮވޭ ފަރާތްތަކާއިއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ސޮއި ކުރެވޭ ފަރާތާއިއެކު 1 އަހަރު ދުވަހުގެ މުއްދަތަށް މިއިދާރާއަށް ބޭނުންވާ ޕެޓްރޯލް ގަތުމަށެވެ.

 

މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

25 ރަޖަބް      1439

11 އެޕްރީލް     2018  

 

11 އޭޕްރިލް 2018
ހޯދާ