ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޕްރޮޑަކްޝަން މެނޭޖަރ

މަޤާމް :ޕްރޮޑަކްޝަން މެނޭޖަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                         

މަޤާމް

ޕްރޮޑަކްޝަން މެނޭޖަރ

އަސާސީ މުސާރަ

މަހަކު -/10500 ރުފިޔާ

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ ރޭންކް

އީ.އެކްސް 4

ބޭނުންވާ ޢަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ޓީވީ ޕްރޮގްރާމް

އިތުރު ޢިނާޔަތްތައް

ސަރވިސް އެލަވަންސް: ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް -/116.67 ރުފިޔާ

ސަޕޯރޓް އެލަވަންސް:  ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް -/116.67 ރުފިޔާ

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސްޢޫލިއްޔަތާއި ގުޅޭ ދާއިރާއަކުން އަންޑަރގްރެޖުއޭޓް ޑިގްރީ އެއް އޮތުމާއެކު 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ދާއިރާގެ ސެކްޝަންގެ އިސްމަޤާމެއްގައި 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޓީވީ ޗެނަލްގެ އޮންއެއާގެ ކޮންޓެންޓް ޕްލޭންކޮށް، ރާވާ ޕްރޮޑިއުސަރުންނާއި / އުފައްދާފަރާތްތަކާ ގުޅިގެން ތަންފީޒުކުރުން
  • އިނޮވޭޓިވް ގޮތްތަކަށް ޕްރޮގްރާމްތައް ބައްޓަން ކުރުމަށް ޕްރޮޑިއުސަރުން/އުފައްދާ ފަރާތްތަކަށް ޚިޔާލާއި ތަޖުރިބާ ހިއްސާކުރުން
  • ޕްރޮޑަކްޝަންތައް ކޯޑިނޭޓް ކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން
  • އުފެއްދުންތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ކަންކަންރާވާ ހިންގުން
  • ކޮންމެ އަހަރަކަށްވެސް އޮންއެއާ ބައްޓަންކޮށް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް ރޭވުން
  • ޕްރޮޑަކްޝަންތަކަށް ފަސޭހަވާނެ ގޮތްތަށް ދެނެގަނެ އަދި ކުރިމަތިވާ ދަތިތަކަށް ހައްލުހޯދާދިނުން
  • ދުވަސްތައް ފާހަގަ ކުރުމުގައި، މިންވަރު ކަނޑައަޅާ ދުރާލާ ތައްޔާރުވެ ޕްރޮޕޯޒަލް ތައްޔާރުކުރުވުން
  • ޓީވީ ޗެނަލްގެ އޮންއެއާ ރީތިކުރުމަށް ކުރަންޖެހޭ ކަންކަން ރާވާ ހިންގުން
  • ޕްރޮގުރާމް އުފައްދާ ޕްރޮޑިއުސަރުން ގެ މަސައްކަތް ހަވާލުކޮށް މަސައްކަތް މޮނީޓަރ ކުރުން
  • މުވައްޒަފުން އެޕްރައިޒަލް ކުރުން

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު
  • ދިވެހި އަދި އިގިރޭސި ބަހުން މުޢާމަލާތް ކުރުމުގެ ހުނަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2018 އޭޕްރީލް 17 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210،3000268 އާއި ގުޅުއްވުން އެދެމެވެ.

 

                        24 ރަޖަބް 1439

11 އޭޕްރިލް 2018
ހޯދާ