މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޒަކާތު މަސައްކަތްކުރުމަށް ކޮންޓްރެކްޓް މީހުން ހޯދުން

އިޢުލާނު 

މަޤާމް:

 ޢާމިލު (ޒަކާތު މަސައްކަތްކުރުމަށް)

ބޭނުންވާ އަދަދު:

 17 (ސަތާރަ)

މަޤާމުގެ ގިންތި: ކޮންޓްރެކްޓް

މަޤާމުގެ ރޭންކް:

 ޖީ.އެސް 3

ކޮންޓްރެކްޓްގެ މުއްދަތު

 03 މަސް (ތިންމަސް)

ސެކްޝަން/ޔުނިޓް:

 ޒަކާތު ޔުނިޓް

މަޤާމް އޮތް އޮފީސް:

 މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / މާލެސިޓީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / މާލެސިޓީ، އަދި މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން އަތޮޅުތެރޭގައި

މުސާރަ:

 މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/350ރ (ތިންސަތޭކަ ފަންސާސް ރުފިޔާ)   

އިތުރު ޢިނާޔަތްތައް:

 ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ ދެވޭނެއެވެ.

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ވަގުތު:

 ރަސްމީ ދުވަސްތަކުގައި ހެނދުނު 08:00 ން މެންދުރުފަހު 14:00 އަށް އަދި އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނެއެވެ. (ރަމަޟާންމަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 10:00 ން ހަވީރު 16:00އަށް)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް::

  1. ފިޠުރު ޒަކާތް ބަލައިގަނެ، ބަލައިގަންނަ ފިޠުރު ޒަކާތުގެ ހިސާބުތައް ދިމާކޮށް ވަގުތުން އެކަން ނިންމައި އެފައިސާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ހަމަޖެހިފައިވާ ފަރާތްތަކާއި ފައިސާ ޙަވާލުކުރުން.
  2. ފިޠުރު ޒަކާތް ބެހުމާއި ބެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  3. 2017 ވަނަ އަހަރުގެ މުދަލު ޒަކާތްބެހުމާއި ބެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  4. މަތީގައި ބަޔާންކުރެވުވިދިޔަ މަސައްކަތްތަކުގެ އިތުރު ފިޠުރުޒަކާތާއި މުދަލު ޒަކާތާއި ގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުން.
  5. 1439 ވަނަ އަހަރުގެ ފަޤީރުންގެ ލިސްޓް އެކުލަވައިލުމުގެ މަސައްކަތް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

 

  1. ސާނަވީ ނުވަތަ އެ އާ އެއްފެންވަރު އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ' ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

   2. އަތޮޅު ތެރެއަށް ދަތުރު ކުރަންޖެހިއްޖެ ނަމަ ދަތުރު ކުރެވޭނެ ފަރާތްތެއް ކަމުގައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު  މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ޢާމިލެއްގެ ގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  2. ތާނަ ޓައިޕުކުރުމަށް ފަރިތަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  3. އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ / ބިޒްނަސް  މެނޭޖްމަންޓް / އައިޓީ / އިސްލާމީ ސްޓަޑީޒް، މިދެންނެވި ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އިސްލާމިކްއެފެއާޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.islamicaffairs.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 އޭޕްރީލް 22 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކްއެފެއާޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނީ 2018 އޭޕްރީލް 23 އާއި 2018 އޭޕްރީލް 26 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކްއެފެއާޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއާއި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 17 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 17 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200,3020287 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

11 އޭޕްރިލް 2018
ހޯދާ