ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރުން ބޭނުންވެއްޖެ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް: ސެކިއުރިޓީ އޮފިސަރ

ބޭނުންވާ ޢަދަދު:  04 (ހަތަރެއް)

އަސާސީ މުސާރަ:  މަހަކު -/3930 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ސްޓާފް ކްއާރޓާރސް / އެޑްމިން އެންޑް އެޗް އާރް ޑިޕާރޓްމަންޓް

އެހެނިހެން އިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/2000 ރުފިޔާއާއި، -/2500 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
  • މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

  • ކުންފުނީގެ އެންމެހައި ތަނެއްގެ ސެކިއުރިޓީ ބެލެހެއްޓުން

ފެންވަރު ނުވަތަ ޝަރުތު

  • ގްރޭޑް 8 ފުރިހަމަކޮށްފައިވުން
  • ނުރަސްމީ ގަޑިތަކުގައިވެސް ޝިފްޓް ޑިއުޓީ އަދާ ކުރެވޭ މިހެއް ކަމުގައިވުން
  • އުމުރުން  18 އަހަރާއި 45 އަހަރުގެ މީހެއް ކަމުގައިވުން

އެހެނިހެން ހުނަރު

  • ފަޔަރ ފައިޓިންގ އަދި ފަސްޓް އެއިޑް ކޯހެއް ހަދާފައިވާ ނުވަތަ މަޤާމްގެ ދާއިރާއަކުން މަސައްކަތުގެ ތަޖްރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 އޭޕްރީލް 16 ވާ ހޯމަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯ ހެޑް އޮފީހަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން (http://sto.mv/Downloads.aspx) ލިބެން ހުންނާނެއެވެ.

ނޯޓް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
  • ގުޅޭނެ ނަންބަރު: 3344273 / އީމެއިލް އެޑްރެސް:[email protected]

 

10 އޭޕްރީލް 2018

 

10 އޭޕްރިލް 2018
ހޯދާ