ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު މަސައްކަތު(ވޭޖްއެމްޕްލޯއިމަންޓް)

ގދ.ހޯނޑެއްދޫ މިސްކިތްތަކުގައި މަސައްކަތްކުރާ މަސައްކަތު މީހުން އަހަރީ ޗުއްޓީގައި ހުންނަ ދުވަސްތަކާއި، އާއިލީ ޒިންމާ އަދި ސަލާމް ބުނާ ދުވަސްތަކުގައި، މަސައްކަތް ކުރާގޮތަށް ވޭޖް އެމްޕްލޯއިމަންޓް އުޞޫލުގެ ދަށުން 01 އަހަރު ދުވަހުގެ މުއްދަތަށް، ގދ.ހޯނޑެއްދޫ މިސްކިތްތައް ފޮޅާސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

މަގާމް

މަސައްކަތު (ވޭޖް އެމްޕްލޯއިމަންޓް)

ބޭނުންވާ ޢަދަދު

03

މަގާމުގެ ގިންތި

ވަގުތީ (ވޭޖް އެމްޕްލޯއިމަންޓް)

މަގާމު އޮތް އޮފީސް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ވަޒީފާއަދާކުރަންޖެހޭ ތަން

ގދ.ހޯޑެއްދޫ މިސްކިތް ތަކުގައި

މަގާމުގެ ރޭންކް، ގުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު އަދި މަސައްކަތްކުރާ ގަޑިއިރަކަށްޖެހޭ ފައިސާގެ އަދަދު

މަގާމް

ވަޒީފާގެ ޝަރުތު

ރޭންކް

ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު

މަސައްކަތްކުރާ ގަޑިއަކަށް

މަސައްކަތު

ޝަރުތު ހަމަވާނަމަ

SS1

5 ގަޑިއިރު

40.00 ރުފިޔާ

 

 

 

 

 

 

 

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. މިސްކިތްތަކުގެ މަސައްކަތު މީހުން އަހަރީ ޗުއްޓީގައި ހުންނަ ދުވަސްތަކާއި، އާއިލީ ޒިންމާ އަދި ސަލާމް ބުނާ ދުވަސްތަކުގައި މިއިދާރާއިން އެންގުމުން، މިސްކިތްތައް ފޮޅާސާފުކުރުމުގެ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން.
  2. މިސްކިތާއި މިސްކިތުގެ ކަބަޑްތަކާއި، ފޮތްތަކާއި، މިސްކިތުގެ ކުޑަދޮރާއި ދޮރުފަތް ފެންލައިޓް ލޫވަރ/ބިއްލޫރި އަދި މިނޫނަސް ލިރަފުސް ހަރުލައިފައި ހުންނަ ފަރުނީޗަރު ތަކާއި ތަންތަން ހަފުތާއަކު 3 ދުވަހު ފޮޅައި ސާފްކޮށް ބެލެހެއްޓުން.
  3. ކޮންމެނަމާދު ވަގުތެއްގައި މިސްކިތަށްގޮސް މިސްކިތާއި މިސްކިތުގެ ވަޅާއި، ވަޅުދޮށާއި، ފާޚާނާތަކާއި، އިސްކުރުބަރި ސާފްކޮށް ބެލެހެއްޓުން.
  4. މިސްކިތުގެފާޙާނާ ކޮންމެ ދުވަހަކު އެއްފަހަރު ދޮވެ ސާފުކޮށް ބެލެހެއްޓުން
  5. މިސްކިތު ގޯތިތެރޭގްއި ގަސްއިންދައި ހައްދައި ކޮންމެ ދުވަހަކުވެސް ފެންދީ ބެލެހެއްޓުން.
  6. މިސްކިތުގައި ބޭނުންކުރާ ބެޓްރީލައްވާ ދަނޑިފަދަ ތަކެއްޗާއި އޮޓޯ ސްވިޗުގެ ފޭސްޓަރު ފަދަ ތަކެތި ލައްވައިގެން ބޭނުންކުރާ ތަކެތި ރަގަޅަށް ބަލަހައްޓައި ބެޓްރިއާއި އޮޓޯ ސްވިޗުގެ ފޭސްޓަރު ފަދަ ތަކެތި ބަދަލުކޮށްގެން މިސްކިތުގައި ބޭނުންކުރެވޭ އިލެކްޓްރިކް އަދި އިލެކްޓުރޯނިކް ތަކެތި ބެލެހެއްޓުން.
  7. މިސްކިތުގެ ގޯތިތެރެއާއި، މިސްކިތުގެ ގޯއްޗާއި ގުޅިފައިވާ މަގުތަކުގެ ½ ކުނިކަހާ، ވިނަނޮޅާ ސާފްކޮށް ބެލެހެއްޓުމާއި، ގޯތިތެރޭގައި ގަސްހެއްދުން.
  8. މިސްކިތަށް ލިބެމުންދާ ގެއްލުންތަށް ގަވައިދުން ބަލައި މުދިމު/ އިމާމަށާއި ރަށުކައުންސިލަށް އަންގަމުން ގެންދިއުން.

މަގާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކުރައްވާފައިވާ ފަޒީފާއަށް އެދޭ ފޯމް.
  2. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނުނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އދި ލިޔއފައިވާ ލިޔުންތައް ކިޔަންއެގޭ ފަދަ ކޮޕީއެއް.
  4. ސިވިލްސާރވިސްއަށް/ ސަރުކާރަށް ޙިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މިވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓް ތަޖުގެ ކޮޕީ.

(ހ) މޯލްޑިވުސް ކޮލިފިކޭޝަން އެތޯރިޓީން ފެންވަރު ބއްލަވާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮ.ޕީ( (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

1)      ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

2)      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

3)      މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ހޯނޑެއްދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 އެޕްރީލް 16 ވަނަ ދުވަހުގެ 14:00 ގެ ކުރިން ގދ. ހޯނޑެއްދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ފޯމު ބާޠިލުކުރެވޭނެއެވެ. (އީމެއިލް ފޮނުވުމަށްފަހު ގަޑި ޖެހުމުގެ ކުރިން ލިބުނުތޯ ބެލުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.)

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ، 2018 އެޕްރީލް 17 އާއި 22 ވަނަ ދުވަހާއި ދެމެދު ދުވަހެއްގައި ގދ. ހޯނޑެއްދޫ ކައުންސިލްގެ އިދާރާގައެވެ. ވީމާ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. (އިންޓަވިއުގެ ތާރިޙާއި ގަޑިއަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ މިއިދާރާގެ ފަރާތުން އަންގަމުންދާނެއެވެ.)

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ %25 (ފަންސަވީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

ވަޒީފާއަށް މީހުން ހޮވުމަށް މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް؛

-          މަޤާމުގެ ޝަރުޠު ހަމަވާނަމަ؛ %50

-          އިންޓަވިއު އަށް؛ %50

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ، ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލް އިދާރާގެ 6840015 ނަންބަރު ފޯނަށެވެ.

 

                            މިއިޢްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6840015 ނަންބަރު ފޯނާއިއެވެ. ފެކްސް ނަންބަރ 6840015 އަދި އީމެއިލް އެޑްރެހަކީ [email protected]  އެވެ.

09 އޭޕްރިލް 2018
ހޯދާ