މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އަތޮޅު ކައުންސިލަށް ސައިކަލެއް ހޯދުމާބެހޭ

އިޢުލާން

      

ރ. އަތޮޅު ކައުންސިލަށް ސައިކަލެއް ހޯދުމާބެހޭ

މިކައުންސިލަށް ސްކޫޕީ ސައިކަލެއް ގަތުމަށް  މިކައުންސިލުންކުރި ނަންބަރު:   (IUL)229-IED/229/2018/7)) 18 މާރިޗް 2018) އިޢުލާނާ ގުޅިގެން އެކަށީގެންވާ ހުށަހެޅުމެއް ލިބިފައިނުވާތީ ، އެ އިޢުލާން ބާޠިލުކޮށް އަލުން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 އެޕްރީލް 22 ވާ އާދިއްތަދުވަހުގެ 12:00  ގެ ކުރިން މިއިދާރާއަށް އަގުހުށައެޅުއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ އީމެއިލް [email protected] މެއިލްކުރެއްވުން އެދެމެވެ. އަދި އަގު ހުށައެޅުމުގައި ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ.

  • ފައިސާ ދައްކަންޖެހޭނެ މުއްދަތު
  • ފައިސާ ދައްކަންޖެހޭނެ ގޮތް
  • ސައިކަލު ރަޖިސްޓްރީ ކޮށްދިނުމަށް އިތުރު ފީއެއްނަގާނަމަ އެކަން
  • ސައިކަލު ރަޖިސްޓްރީކޮށްދިނުމަށް ފަހު މިއިދާރާއަށް ސައިކަލު ފޯރުކޮށްދެވޭނެ މުއްދަތު
  • އާފްޓަރ ސޭލްސް ސާވިސަސް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580027  ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

                                     

23 ރަޖަބު 1439

09 އޭޕްރިލް 2018
ހޯދާ