ޅައިމަގު ސްކޫލް/ ށ.ޅައިމަގު
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

މަޤާމް:

ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު:

05

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (1 އަހަރު ދުވަސް)

ސެކްޝަން:

އިދާރީ

މަޤާމް އޮތް އޮފީސް:

ޅައިމަގު ސްކޫލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޅައިމަގު ސްކޫލް

މުސާރަ:

4100.00 (ހަތަރުހާސް އެއްސަތޭކަ ރުފިޔާ)

އިތުރު ޢިނާޔަތްތައް:                  މި ވަޒީފާއަށް އިތުރު އެއްވެސް އިނާޔަތެއް ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1-            ސްކޫލްގެ ގޯތިތެރެއާއި އެންމެހައި އިމާރާތްތަކާއި އިމާރާތްތަކުގައިވާ ތަކެއްޗާއި ގޯތިވަށައިގެންވާ މަގުތަކުގެ ސެކިޔުރިޓީ ބެލެހެއްޓުން.

2-            ޑިއުޓީ ކުރަމުންދާއިރު އާދަޔާއި ޙިލާފުކަމެއް ހިނގައިފިނަމަ، ވަގުތުން އެކަމެއް ސްކޫލެއްގެ މަސްޢޫލުވެރިޔަކަށް އެންގުން. އަދި ބެލެހެއްޓުމުގެ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން އިތުރުކަމެއް ކުރަންޖެހިއްޖެނަމަ އެވަގުތަކަށް ކުރެވެން އޮތްކަމެއް އެކަށީގެންވާ ގޮތެއްގައި ކުރުން.

3-            ސްކޫލު ބަންދުކުރުމުން ސްކޫލުގައި ތަޅުލައި ބަންދުކޮށްފައި ހުންނަންޖެހޭ އެންމެހައި ތަންތަން ހުރީ ރަނގަޅަށް ބަންދުކޮށް ތަޅުލައިފައިތޯ ޗެކްކުރުން. ސްކޫލުބަންދު ގަޑީގައި ކަމާއި ނުބެހޭ އެއްވެސް މީހެއް ނުވަތަ އެއްޗެއް ވިޔަސް ސްކޫލްތެރެއަށް ނުވެއްދުން.

4-            ސްކޫލް ބަންދުކޮށްފައި ހުންނައިރު ދޮރެއް ހުޅުވިފައި ހުރިކަން ނުވަތަ ބަންދުނުވެ ހުރިކަން އެނގިއްޖެނަމަ ވީހާ އަވަހަކަސް ސްކޫލްގެ ކަމާއިބެހޭ ވެރިޔަކަށް އެންގުމާއިއެކު އެކަމެއް ހައްލުކުރުން.

5-            ބަންދުގަޑީގައި ސްކޫލް ވަކިކަމަކަށް ވަނުމަށް ހުއްދަދީފައިވާ މީހުން ފިޔަވައި އެހެން މީހުން ސްކޫލްގެ ގޯތިތެރެޔަށާއި ޢިމާރާތަށް ވަނުން މަނާ ކުރުން.

6-            ޑިޔުޓީގައި ހުންނައިރު މަދުވެގެން ކޮންމެ ގަޑިޔަކު އެއްފަހަރު ސްކޫލުގެ ގޯތިތެރެއާއި ޢިމާރާތްތަކާއި ވަށައިގެންވާ މަގުފާރު ޗެކްކުރުން. އަދި އާދަޔާއި ޙިލާފުކަމެއް ފާހަގަ ކުރެވޭނަމަ އެކަމެއް ސުކޫލްގެ ވެރިއަކަށް އަންގުން.

7-            ހެނދުނު 06:00 ގައި ދިދަ ނަގާ ހަވީރު 06:00 ގައި ދިދަ ތިރިކުރުން.

8-            ސެކިޔުރިޓީ ބެލެހެއްޓުމުގެ ވަޒީފާގައި ތިބެންޖެހޭނީ ސިއްޙީގޮތުން އެކަމަށް އެކަށީގެންވާ އުމުރުން 18 (އަށާރަ) އަހަރުންމަތި 65 (ފަސްދޮޅަސް ފަހެއް) އަހަރުން ދަށުގެ ދިވެއްސެއް ކަމުގައި ވާންވާނެއެވެ.

9-            ޑިޔުޓީގައިހުންނައިރު މޯބައިލް ފޯނެއް އޮތުން.

10-        ޑިޔުޓީ ޝިފްޓް ބަދަލުވާއިރު ޑިޔުޓީގައިހުރި މީހާ ދާންވާނީ އެޑިޔުޓީ ޝިފްޓް ބަދަލުވާ ސެކިޔުރިޓީ އޮފިސަރަކަށް އެޑިޔުޓީއެއްގައި ނޯޓްކޮށްފައިހުރި އަދި ރައްކާތެރިވާންޖެހޭނެ ކަމެއްވާނަމަ އެކަން އެންގުން.

11-        ސްކޫލްގައި އޯލެވެލް، އޭލެވެލް އިމްތިހާނު އޮންނަ ދުވަސްވަރު އިތުރުކުއްޔަކާއިނުލާ ޑިޕާޓްމަންޓް އޮފް ފަބްލިކް އެގްޒެމިނޭޝަން އިން ކަނޑައަޅުއްވާ ފެންވަރަކަށް ސްކޫލްގައި އިމްތިހާން ކަރުދާސް ބަހައްޓާ (ރައްކާތެރި ކޮޓަރި) ގެ ސެކިޔުރިޓީ ބެލެއްޓުން.

12-        ސްކޫލުގައި އަހަރުތެރޭގައި ބޭއްވޭ އެކިއެކި ބޮޑެތި އިހުތިފާލުތަކާއި ޝޯވ ފަދަ ކަންތައްތައް ބާއްވާ ވަގުތުތަކުގައި އެކަމަކާއި އެކަށީގެންވާ ފެންވަރަކަށް ސްކޫލުން އަންގާ ގޮތެއްގެ މަތިން އިތުރު އަގަކާއިނުލައި ސެކިޔުރިޓީ ބަލަހައްޓައިދިނުން.

13-        އިމާރާތާއި ގޯތިތެރޭގައިވާ ދިއްލުންތައް، ހަމަޖެހިފައި އޮންނަ އުޞޫލުން ދިއްލައި ނިއްވުން.

14-        ވޮޗަރުންގެ ބެލުމުގެ ދަށުގައިވާ ތަންތަން ހުޅުވައި ލެއްޕުން (ކަނޑައެޅިފައިވާ ގަޑިތަކުގައި، ގޭޓް ހުޅުވައި ލެއްޕުން)

15-        ތަނުގައި ދިމާވާ މައްސަލަތައް، ކަމާބެހޭ ވެރިންނަށް، ހިނދުން ހިނދަށް، ޤަވާއިދުން ރިޕޯޓްކުރުން.

16-        އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަންދިނުން.

17-        ސަލާމްބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

-    ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެހުނަރު / ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ވަޒީފާއަށް އެންމެ ޤާބިލުމީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަވިޔުކުރުން.

-  ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.

-  މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2-    ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-    ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-    ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-    ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6-    ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7-    ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8-    މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލްސަރވިސްއިންބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށްއެދޭފޯމް މިސުކޫލުގެ އޮފީހުންލިބެން ހުންނާނެއެވެ. މަޤާމަށްއެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 17 އޭޕްރިލް 2018ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން، ޅައިމަގު ސުކޫލަށެވެ. ވަޒީފާއަށްއެދޭފޯމާއި ލިޔުންތައް އީމެއިލްމެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލްއެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާތިލްކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާތާ 5 ދުވަހުގެ ތެރޭގައި ޅައިމަގު ސުކޫލުގައެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށްއެދި ހުށަހަޅާ، ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެތެރެއިން އެންމެމަތިންމާކްސްލިބޭ 10 ފަރާތްޝޯޓްލިސްޓްކުރެވޭނެއެވެ.

 

މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާކް ރައިޓީރިއާގެ ހުރިހާބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލައިންސައްތަ:

25% (ފަންސަވީސްއިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540578 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6540578 އެވެ. އީ-މެއިލް ކުރާނީ[email protected]  އަށެވެ.

ނޯޓް:

މިސުކޫލުގެ ނަންބަރު GS104-D/IUL/2018/07 އަށް އިޖާބަދީ އެޕްލިކޭޝަން ފޯމް ހުށައެޅުއްވި އެއްވެސް ފަރާތަކުން މި ޢިއުލާނާއި ގުޅިގެން އެޕްލިކޭޝަން ފޯން ހުށަހަޅުއްވަންނުޖެހޭނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 އޭޕްރިލް 2018
ހޯދާ