ދިވެހިރާއްޖެ
އިޢުލާން
މާލޭ ހުޅަނގު ހާބަރު ސަރަހައްދުގައިވާ ފުޑް ކޯޓުގެ ބްލޮކް 4،3،2،1 ގެ ލޭންޑް ސްކޭޕިން މަސައްކަތްކޮށްދީ، ބަލަހައްޓައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.
ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތުގެވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
މުއްދަތު: 01 އަހަރު
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2018 އޭޕްރިލް 15 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސްދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2018 އޭޕްރިލް 15 ވާ އާދީއްތަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މައުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2018 އޭޕްރިލް 16 ވާ ހޯމަ ދުވަހުގެ 15:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ފުޑްކޯޓު ސަރަހައްދުގައި އޮންނާނެއެވެ.
ސުވާލާއިޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވާ ސުވާލުތައް 2018 އޭޕްރިލް 17 ވާ އަންގާރަ ދުވަހުގެ 15:30 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2018 އޭޕްރިލް 18 ވާ ބުދަ ދުވަހު ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2018 އޭޕްރިލް 23 ވާ ހޯމަ ދުވަހުގެ 15:00 ގައި އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:
ފޯނު: 3344180، 3344262
ފެކްސް: 3344633
އީމެއިލް: [email protected]