ހިންމަފުށީ ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު ( ކްރިއޭޓިވް އާޓް

Himmafushi School

K. Himmafushi

Rep. of Maldives

a

ހިންމަފުށީ ސްކޫލް

ކ.ހިންމަފުށި،ދިވެހިރާއްޖެ

GS141/MIS /2018 /06 :ނަންބަރ

ތާރީޚް: 08 މާރިޗް 2018

ރިލީފް ޓީޗަރުން ހޯދުމަށް 

މަޤާމު:  ކްރިއޭޓިވް (ރިލީފް)

ބޭނުންވާ އަދަދު:   1

ވަޒީފާ އޮތްތަން:  ހިންމަފުށީ ސްކޫލް / ކ.ހިންމަފުށި

ގިންތި:  ވަގުތީ ( ތިންމަސް)

ވަޒީދާ އަދާކުރާ ސެކްޝަނާއި ތަން : އެކަޑަމިކް ސެކްޝަން ހިންމަފުށީ ސްކޫލް / ކ.ހިންމަފުށި

 

ފެންވަރު ނުވަތަ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސާނަވީ ތަޢްލީމު ފުރިހަމަކޮށްފައިވުން

މަހަކު -/4،500 ރުފިޔާ

މަހަކު -/1500  ރުފިޔާ

މަތީ ސާނަވީ ތަޢްލީމު ފުރިހަމަކޮށްފައިވުން

މަހަކު -/5,500 ރުފިޔާ

މަހަކު -/1500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.

މަހަކު -/6090 ރުފިޔާ

މަހަކު -/2500 ރުފިޔާ

 

 

އެހެނިހެން އިނާޔަތްތައް

ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ ޗެޕްޓަރ 5 ގައިވާގޮތުގެ މަތީން، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ފައިސާ ދެވޭނެއެވެ. ރަށުން ބޭރުފަރާތެއް ނަމަ ލިވިންގް އެލަވަސް ލިބޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

- މަލްޓިމީޑިއާއަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

ވަޒީފާގެ މަސްއޫލިއްޔަތު:

1.  މާސްޓަރ ޓައިމްޓޭބަލުގައި ކަނޑައެޅިފައިވާ ގަޑިތަކަށް ކުލާހަށް ހާޒިރުވެ، ކިޔަވައިދިނުން.

2. ހަވާލުކުރެވޭ ކޯކަރިކިއުލަރ ހަރަކާތްތައް ދުވަހުން ދުވަހަށް ރާވައި ހިންގުން.

3. ދަރިވަރުންގެ ކުރިއެރުމަށްޓަކައި އިތުރު ގަޑިތައް ނަގައިދިނުމާއި، ގަޑިތައް ރަނގަޅަށް ގެންދިއުމަށްޓަކައި ޓީޗަރެއްގެ ހައިސިއްޔަތުން ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ކުރުން.

4. ދަރިވަރުންގެ ކުރިއެރުމަށް ފުންކޮށް، ފުޅާކޮށް ވިސްނުންބަހައްޓައި، ދަރިވަރުން ކުރިއަރަމުންދާ މިންވަރު ވަޒަންކޮށް ބެލެހެއްޓުން.

5. ކިޔަވައިދިނުމުގައި ގެންނަންޖެހޭ ބަދަލުތައް، ސްކޫލުން އަންގާގޮތެއްގެމަތީން ގެނައުމާއި، ކިޔަވައިދިނުމުގައި ސްކޫލުން ލިބެންހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުން.

6. ކްލަބް ނުވަތަ ހައުސްއެއް ހިންގުމަށް ހަވާލުކުރެވިއްޖެނަމަ، އެ ޒިންމާއެއް އަދާކުރުން.

7. ސްކޫލުގެ މެނޭޖްމަންޓުގެ ނުވަތަ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޓީމް މެންބަރެއްގެގޮތުގައި ހަރަކާތްތެރިވުން.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް

 

ހުށަހަޅުއްވަންޖެހޭ ލިޔުންތައް:

                    

  1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ "ސިވިލް ސާވިސްގެ ވަޒީފާއަށް އެދޭ ފޯމު" މި ފޯމު މި ސްކޫލްގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި މި ފޯމު ސިވިލްސާވިސްގެ ވެބްސައިޓް: www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ މަސައްކަތްކުރާ އޮފީހަކުން ދޫކުރާ " މުވައްޒަފުގެ މަސައްކަތު ފެންވެރު ބެލުމުގެ ނަތީޖާ އާއި ހާޟިރީ އަދި މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރި ގޮތް ބަޔާންކުރާ ފޯމު. (މުއައްޒަފު މަސައްކަތްކުރާ އޮފީހުގެ މަޤާމަކަށް ކުރިމަތި ލައްވާނަމަ މި ލިޔުން ހުށައަޅާކަށް ނުޖެހޭނެއެވެ.)
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

3. މަސައްކަތާއި ގުޅޭދާއިރާއިން ތަޖުރިބާ ލިބިފައިވާނަމަ އެކަން ސާބިތުކޮށްދޭ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  1. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނަތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ މުވައްސަސާގެ ލިޔުމެއް.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ އަކީ

 %30 (ތިރީސް އިންސައްތަ)އެވެ.

 

މަޤާމަށް ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެގޮތް:

މި މަޤާމަށް ކުރިމަތިލެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން "ސިވިލްސާވިސްގެ ވަޒީފާއަށް އެދޭފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ހުށަހަޅަން ޖެހޭ ހުރިހާ ލިޔުންތަކާއެކު 12 އޭޕްރީލް  2018  ވާ ބުރާސްފަތި ދުވަހުގެ މެންދުރު 17:00ގެ ކުރިން ހިންމަފުށި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮއްވެސް ބަލައިގަނެވޭނެ، މި ސްކޫލްގެ އީ މެއިލް އެޑްރެހަކީ ، , [email protected] އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. 

އިންޓަވިއު ކުރުން:

  1. މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެގިނަނަމަ އިންޓަރވިއުއަށް ހޮވޭފަރާތްތައް ކަނޑައަޅާނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރުމަށްފަހުގައެވެ.
  2. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ،  މުއްދަތު ހަމަވާ ތާރީހުން ފެށިގެން  އެއްހަފުތއާއި ދެމެދު ގެ  ތާރީޚެއްގައި ހިންމަފުށި ސްކޫލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

މި އިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުއްވެލައްވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑިގައި ފޯން: 6640585އަށެވެ.

އެހެނިހެން މަޢުލޫމާތު:       

  1. މިމަޤާމަށްމީހަކު ހޮވޭނީ އިންޓަރވިޔު ކުރުމަށްފަހުގައެވެ. މަގާމަށްއެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ޝަރުޠުފުރިހަމަނުވާ ފަރާތްތަކުގެ ފޯމްތައް ބާޠިލް ވާނެއެވެ.

08 އޭޕްރީލް  2018

                                                                             

 

 

 

08 އޭޕްރިލް 2018
ހޯދާ