މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: ވެބް ޑިޒައިނަރ (ޔޫއައި / ޔޫއެކްސް) އަދި ކޮޕީ ރައިޓަރ/ ކޮންޓެންޓް ރައިޓަރ

އިޢްލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއަށް ތިރީގައި މި ދަންނަވާ މަޤާމަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

 

  1. 01 ވެބް ޑިޒައިނަރ (ޔޫއައި / ޔޫއެކްސް)
  2. 01 ކޮޕީ ރައިޓަރ/ ކޮންޓެންޓް ރައިޓަރ

 

މިވަޒީފާއަށް އެދި ސިޓީ ހުށަހަޅުއްވާއިރު، ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަން ޖެހޭނެއެވެ.

  •  ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  •  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  •  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  •  މަޤާމާއި ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާސާއެއް ސިޓީ ގައި ހިމެނިފައިވުން
  •  ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައި)
  •  ކުރިން މަސައްކަތް ކޮއްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީ

 

މި މަޤާމްތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީގެ ވެބްސައިޓްގައި ވާ ޓާރމްސް އޮފް ރިފަރެންސް ގައިވާ ގޮތުގެ މަތިން،18 އޭޕްރިލް 2018 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން،ސިޓީ ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުންއެދެމެވެ.

 

ސިޓީއުރައިގައި 'އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ސެކްޝަން ގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި ވާންވާނެއެވެ.

 

ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު އަދި ސިޓީ ހުށަޅާނީ:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

ފޯނު: 3333160 (960)+

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

 

08 އޭޕްރިލް 2018
ހޯދާ