ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އެކި ސަރަޙައްދުތަކުގައި ޤަވާޢިދާއި ޚިލާފަށް ބަހައްޓާފައިހުރި އޮޑިދޯނި ފަހަރާއި، ޑިންގީ ބޮއްކުރާ ފަދަތަކެތި ނަގަންއެންގުން.

ރަށުގެ އެކި ސަރަޙައްދުތަކުގައި ޤަވައިދާ ޚިލާފަށް ބަހައްޓާފައި ހުރި އޮޑިދޯނިފަހަރާއި ޑިންގީ ބޮއްކުރާ ފަދަ ތަކެތި ނަގަން އެންގުން :

 

ކައުންސިލުން ހުއްދަ ދީގެން ބަހައްޓާފައިހުރި  އޮޑިދޯނިފަހަރު ފިޔަވައި ރަށުގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައި ހުރި އޮޑިދޯނިފަހަރާއި ، ޑިންގީ ބޮއްކުރާ ފަދަ ތަކެތި ބެހެއްޓުމަށްޓަކައި މިހާރު ވާނީ ރަށުގެ އުތުރު ފަރާތު ހިއްކިބިމުގައި ސަރަޙައްދެއް ފާހަގަކޮށްފައެވެ. 

ވީމާ، ރަށުގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިހުރި މަތީގައި ދެންނެވިފައިވާ އެންމެހައި ތަކެތި  މިއަދުން ފެށިގެން 01 މަސްދުވަހުގެ ތެރޭގައި ނަންގަވައި ނިލަންދޫ އުތުރުފަރާތު ހިއްކިބިމުގައި އެފަދަ ތަކެތި ބެހެއްޓުމަށް ޚާއްސަކޮށްފައިވާ ސަރަހައްދަށް ގެންދެވުމަށް ދަންނަވަމެވެ. އަދި 1 މަސްދުވަސް ހަމަވާއިރު ނުގެންގޮސް ހުންނަ ތަކެތި ކައުންސިލްގެ ފަރާތުން އެސަރަހައްދަށް ގެންދިއުމުގެ މަސައްކަތް ކުރާނެކަމުގައިވެސް ދަންނަވަމެވެ. އަދި ކައުންސިލްގެ ފަރާތުން ތަކެތި ގެންދާއިރު ތަކެއްޗަށް ލިބިދާނެ އެއްވެސް ގެއްލުމެއްގެ ޒިންމާ ކައުންސިލުން ނުނަގާނޭ ކަމުގައިވެސް ދަންނަވަމެވެ. 1 މަސްދުވަސް ހަމަވާނީ 2018 މެއި 7 ވަނަ ދުވަހުގެ ނިޔަލަށެވެ.

 

ވީމާ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

 

08   އޭޕްރީލް  2018

08 އޭޕްރިލް 2018
ހޯދާ