މަޤާމް :
|
އެސިސްޓެންޓް އައި.ޓީ އޮފިސަރ
|
ބޭނުންވާ އަދަދު:
|
1 ( އެކެއް )
|
މުސާރައާއި އެލަވަންސް:
|
- މުސާރަ: މަހަކު -/4599 ރުފިޔާ (ހަތަރުހާސް ފަސްސަތޭކަ ނުވަދިހަ ނުވަ ރުފިޔާ )
- ސަރވިސް އެލަވަންސް: މަހަކު -/2310 ރުފިޔާ (ދެހާސް ތިންސަތޭކަ ދިހަ ރުފިޔާ)
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
އޮފީސް :
|
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:
|
- އައިޓީ ޓެކްނިކަލް ދާއިރާއިން ޤައުމީސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 4 ގެ ފާހެއް އޮތުމާއެކު މަސައްކަތުގެ ތަޖުރިބާލިބިފައިވުން އަދި ކުރެވޭ އިންޓަވިއުން ފާސްވުން ނުވަތަ
- ޖީ.ސީ.އީއޯލެވަލް އިމްތިހާނުން ކޮމްޕިއުޓިން ހިމަނައިގެން 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި ދިވެހިންނާއި އިނގިރޭސިން "ސީ" ފާސް ލިބިފައިވުން
- ޓްރަބަލް ޝޫޓިން ސޮފްޓްވެއަރ، ހާޑްވެއަރ އަދި ނެޓްވާރކް ފެރިފެރަލް ތަޖްރިބާ ލިބިފައިވާ މީހަކަށްވުން.
- މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަގަޅަށް ބޭނުން ކުރަން އެނގުން
- ކަންކަމުގައި އަމިއްލަ އަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުމާއެކު ނުރަސްމީ ގަޑިތަކުގައާއި ދިމާވާ ކުއްލި ހާލަތްތަކުގައި މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
- ޓީމެއްގެ ގޮތުގައި އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
- އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
- ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިއުލާން ނަންބަރާއެކު)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
- ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
- ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ. )
|
ސުންގަޑި:
|
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްރަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2018 އޭޕްރިލް 15 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 03 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެވެ.
|
އިންޓަވިއު:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުޅަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
ސިޓީ އެޑްރެސްކުރާނެ ގޮތް:
|
މެނޭޖިންގ ޑިރެކްޓަރ
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
މާލެ، ދިވެހި ރާއްޖެ
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.
|