ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ޚައްޖު އުމްރާ އަދި ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ދުރާލާ ކާޑުހެއްދުމަށް ހުށަހެޅުއްވުމަށް

                  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވުމުގެ ކުރިން ކާޑު އައުކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެމެވެ. ކާޑުގެ މުއްދަތު ހަމަހަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، ކާޑު އައުކުރުމަށް ހުށަހެޅުއްވުމުން ކާޑު އައުކޮށްދެވޭނެއެވެ.

                  މިހެންމިދެންނެވީ، ވަރަށްގިނަފަރާތްތަކުން ޙައްޖު، ޢުމްރާ އަށް ފުރާވަޑައިގަންނަވަން ވަރަށް ކައިރިކޮށް ކާޑުހެއްދުމަށް އެދި ހުށަހަޅަމުން ގެންދަވާތީއެވެ. އަދި ބައެއްފަރާތްތަކުން ހޮސްޕިޓަލް ގައި އެޑްމިޓްކުރުމަށްފަހުވެސް ކާޑުހެއްދުމަށް ހުށަހަޅުމުން ގެންދަވައެވެ.

                  މީގެ އިތުރުން މިއަހަރަކީ ރިޔާސީ އިންތިޚާބެއް އޮންނައަހަރަކަށް ވާތީ، އިންތިޚާބު އޮންނަދުވަހާ ކައިރިކޮށް އެއްފަހަރާ ގިނަބަޔަކު ކާޑުހެއްދުމަށް ހުށަހަޅުއްވައިފިނަމަ، މިޑިޕާޓްމަންޓަށްވެސް އަދި ޚިދުމަތް ހޯއްދެވުމަށް އެދިވަޑައިގަންނަވައި ފަރާތްތަކަށްވެސް ވަރަށްބޮޑު ދަތިތަކެއް ކުރިމަތި ވެދާނެކަމަށްޓަކައި މިކަމަށް ސަމާލުކަން ދެއްވުމުގެ ގޮތުންނެއެވެ.

                  ވީމާ، ކާޑުގެ މުއްދަތު ހަމަވެގެން، ގެއްލިގެން، ހަލާކުވެގެން ނުވަތަ މިނޫންވެސް ގޮތަކުން ކާޑުހައްދަވަން ޖެހިވަޑައިގަންނަވައި ބޭފުޅުން ދުރާލާ ކާޑުހައްދަވައިގެން ތިއްބެވުމަށް ދެންނެވީމެވެ.

 

                   16 ރަޖަބް 1439

                   02 އޭޕްރީލް 2018

05 އޭޕްރިލް 2018
ހޯދާ